ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް-- ފޮޓޯ: ސައުތް އޭޝިއަން މޮނީޓާ
މި ވެރިކަމުގައި އަޅުގަނޑަށް ދެރަގޮތަށް ނުވާނެ: ގާސިމް
19 އޮކްޓޯބަރ 2019 - 10:00:51
ކުރިން ދެ ސަރުކާރުންވެސް އަމަލުކޮށްފައިވަނީ ވަރަށް ދެރަ ކޮށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދެރަ ގޮތެއް ނުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިން ދެ ސަރުކާރުންވެސް އަމަލުކޮށްފައިވަނީ ވަރަށް ދެރަ ކޮށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދެރަ ގޮތެއް ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"އެންމެންގެ ޖުމްހޫރީ ޕާޓީ" ގެ ނަމުގައި ރޭ ވީޓީވީން ގެނެސްދިން ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ދެރަ ގޮތްތައް ދިމާވެފައިވީ ނަމަވެސް މި ސަރުކާރުގައި އެހެން ނުވާނޭ ކަމަށެވެ.
އަދި ރައީސް ސޯލިހު އަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކީ ކަންކަން ނިންމާ ބޭފުޅެއް ކަމަށާއި އެހެން ސަރުކާރުތަކަށްވުރެ ރަނގަޅަށް ކަންތައްތައް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހުރިހާ ސަރުކާރަކުންވެސް ވަރަށް ދެރަ ގޮތްގޮތް ދިމާވެފައި އެބަ ހުރި. މި ސަރުކާރަކުން ނޫން. އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން އަޅުގަނޑަށް އެކަހަލަ ކަމެއް ދިމާ ނުވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމަކީ 2008 ވަނަ އަހަރު މުހައްމަދު ނަޝީދު ސަރުކާރަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ. ނަޝީދު ވެރިކަމަށް އައުމަށްފަހު ހޯމް މިނިސްޓަރުގެ މަގާމް ގާސިމް އަށް ހަވާލުކުރިކަމުގައި ވިޔަސް ފިއްތުންތަކުގެ ސަބަބުން ގާސިމް ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.
އެއަށްފަހު ވެރިކަމަށް އައި އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ކަންވީ ދާދި އެއް ގޮތަކަށެވެ. ގާސިމްގެ ތާއީދާ އެކީގައި ޔާމީނަށް ވެރިކަން ލިބުނުކަމުގައިވިޔަސް ފަހުން ހިޔާލު ތަފާތުވުންތައް އުފެދި ގާސިމް އެ ސަރުކާރާ ދުރަށް ޖެހުނީއެވެ.
ރައީސް ސޯލިހު ވެރިކަމަށް އައި އިރުވެސް އެމްޑީޕީން ސަރުކާރު ކޯލިޝަނުގެ ޕާޓީތަކާ ވަކިން ވާދަ ކުރަން ނިންމުމުން، އެކަމާ ހިތްހަމަނުޖެހިގެން ގާސިމް ވަނީ އެމްޑީޕީއަށާއި ސަރުކާރަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ. އެހެން ނަމަވެސް، ފަހުން އޭނާ ވަނީ ސަރުކާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް