ads
އައިޖީއެމްއެޗް ---
މާބަނޑު، ކޮވިޑް ބަލި މީހުންނަށް އެމަޖެންސީ ހޮޓްލައިނެއް ހަމަޖައްސައިފި
މާބަނޑު ކޮވިޑް ބަލި މީހުންނަށް އެމަޖެންސީ ހޮޓްލައިނެއް ހަމަޖައްސައި، އެ ނަންބަރު އާންމު ކޮށްފިއެވެ.
Advertisement

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލްގެ އިތުރުން ޑރ. މުހައްމަދު އަލީ ވަނީ އައިޖީއެމްއެޗްއިން މާބަނޑު ކޮވިޑް ޕޭޝަންޓުންނަށް ހަމަޖައްސާފައިވާ ހޮޓްލައިން ނަންބަރު މިއަދު އާންމު ކޮށްފައެވެ. 

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހުން ނުވަތަ ކޮވިޑް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މާބަނޑު މީހުންގެ ތެރެއިން އައިސޮލޭޝަންގައި ތިބޭ މީހުން އަވަސް ފަރުވާއަށް ބޭނުން ވެއްޖެ ހާލަތެއްގައި 3308234 އަށް ގުޅުމަށް ޑރ. ފައިސަލް އެދިފައިވެއެވެ. އަދި މި ނަންބަރަށް ގުޅުމުން، ޑޮކްޓަރެެއް އެޓެންޑު ވާނެއެވެ.

މިކަމާ ގުޅިގެން ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓުގައި ވަނީ، ކޮވިޑްގެ އެކްޓިވް ކޭސްތަކުން 50 އެއްހާ މީހުންނަކީ މާބަނޑު މީހުން ކަމަށެވެ. އަދި މާބަނޑު އެކަކަށް މިހާރުވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންއަކަން ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވި އެވެ. 

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނުވަތަ ބަލި ހުރި ކަމަށް ޝައްކު ކުރެވޭ މާބަނޑު މީހުން އިމަޖެންސީ ހާލަތުގައި ގުޅުމަށް ހާއްސަ ހޮޓްލައިނެއް މިއަދު ހިއްސާ ކޮށްފައި މިވަނީ، ކޮވިޑް ޖެހިފައިވާ މާބަނޑު އަންހެނަކަށް އެޗްޕީއޭއިން ފަސް ދުވަސް ވަންދެން އެޓެންޑް ނުވި ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައެވެ. 

މިއީ ދާދި ފަހުން ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ މައްސަލައެކެވެ. އެގޮތުން އެ އަންހެން މީހާގެ އާއިލާއިން އެކަމާ ހިތްހަމަ ނުޖެހިގެން ޓުވީޓު ކުރުމުން، އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް އެމެޖްސީގައި ބަނޑަށް ތަދުވާތީ ގެންދެވުނު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އޭގެ ފަހުން އެ އަންހެންމީހާގެ ޓެސްޓު ތަކެއް ހެދުމަށް ފަހު، ޔޫރިން އިންފެކްޝަނެއް ކަމަށް ކަނޑައަޅާ އެންޓިބަޔޯޓިކްސް ދިނުމަށް ފަހުގައި އޭނާ ގެއަށް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވެ ލޭ އަންނާތީ އެމެޖެންސީކޮށް އައިޖީއެމްއެޗްއަށް ގެންގޮސް، އެމަޖެންސީގައި ސިޒޭރިއަން ހަދާ، ދަރިފުޅު ނަގާފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އާއިލާއިން ވަނީ މި ހާދިސާގައި އެޗްޕީއޭ ވަރަށް ބޮޑަށް ކުއްވެރިކޮށްފަ އެވެ. އަދި އެޗްޕީއޭއިން ވަރަށް ފަރުވާ ކުޑަކަމަށް އާއިލާއިން ބުނެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ މި މައްސަލަ އެ މުވައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމުގައި އެ މުވައްސަސާގެ އިހުމާލެއް އޮތްތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް