ads
މާލެ ލޮކްޑައުންގައި ---
ކޮވިޑްއާ ގުޅިގެން އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް އިތުރުކޮށްފި
ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް ދަމަހައްޓަން އެޗްޕީއޭއިން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް ނެރުނު އެންގުމުގައި ވަނީ، މިމަހު ތިނެއްގައި އެ އިދާރާއިން އެންގި އެންގުމުގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. 

މިމަހު 13 ވަނަ ދުވަހު އެޗްޕީއޭއިން ކުރި އިއުލާނުގައި ވަނީ، މާލެ ސަރަހައްދުގެ ޕާކުތަކާއި ކުޅިވަރު ކުޅޭތަންތަން އަދި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމަށް ނިންމާފައިވާކަން އާއްމު ކޮށްފައެވެ. 

މީގެ އިތުރުން، މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތް ހުއްޓާލުމަށް އަންގާފައިވެއެވެ. އަދި މާލެ ސަރަހައްދުގައި އަލުން ކާފިއު އިއުލާނު ކޮށް، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ކުރުން މަނާ ކޮށްފައިވެއެވެ. 

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑުގެ ހާލަތު ގޯސް ވަމުން އަންނައިރު މިއަދުވެސް ބެކްލޮގް ކޭސްތަކާއެކު 1007 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް