ads
މަޝްވަރާ ބައްދަލުވުން ބާއްވާ ގއ. ވިލިނގިލި -- ފޮޓޯ: ވިލިނގިލި / ޓްވީޓާ
ވިލިނގިލީގައި އުޅެނީ އެންމެ ކްލަސްޓާއެއް: ގއ އަތޮޅު ހޮސްޕިޓަލް
ގއ. ވިލިނގިލި މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިހާތަނަށް އެރަށުގައި އުޅެނީ އެންމެ ކްލަސްޓާއެއް ކަމަށް ގއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޝަރީފް މިހެން ވިދާޅުވީ، އެ ރަށު ކައުންސިލަރަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހަކުން ގެނެސްފައިވާ ހަބަރަކާއި ގުޅިގެންނެވެ. 

އެގޮތުން އެރަށުގައި ކަރަންޓީނު އުސޫލާ ހިލާފުވެ، ކަރަންޓީނު މުއްދަތުގައި ދެމީހަކު ކޯޓަށްގޮސް ކައިވެނި ކުރި މައްސަލައެއް އުޅޭއިރު، އެ ދެމީހުންނާއި ގުޅިގެން ކްލަސްޓާއެއް އުފެދިފައިވާ ކަމަށް ބުނާ ވާހަކަތައް ޝަރީފް ދޮގު ކުރެއްވި އެވެ.

މި މީހުންނާމެދު ފުލުހުން ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ، އަލަށް ކައިވެނި ކުރި ދެމަފިރިން ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށެވެ. 

މީގެ އިތުރުން ޝަރީފް ވިދާޅުވީ، އެރަށުގައި ޕޮޒިޓިވް އަށް ކޭސް އުޅޭ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކީ ދެމަފިރިން ކަމަށާއި، އެމީހުންނަކީ މާލެއިން އައިސް ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ. އަދި އެމީހުން ކަރަންޓީނުގައި ތިބި މުއްދަތުގައި އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިން ފަދަ ކަންކަމުގައި އުޅުނު މީހުން ޓެސްޓު ކުރި ކަމަށާއި އެންމެން ނެގެޓިވްވެފައިވާ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. 

މި ދެ މީހުންވެސް އަމަލު ކުރަނީ ކަރަންޓީނު އުސޫލާއި އެއްގޮތަށް ކަމަށް ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، އެތަނުން ފިރިހެންމީހާއަކީ ހައި ރިސްކު މީހެއް ކަމަށެވެ. އަދި މިހާތަނަށް މި ދެމީހުން އަމަލު ކުރަމުން އަންނަނީ ކަރަންޓީނު އުސޫލުތަކާ އެއްގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ރަށް މޮނީޓަރިންގެ ހާލަތަށް  ގެނެސްފައިވަނީ، ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި ޒުވާނަކު ޕޮޒިޓިވް ވެގެން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މި ޒުވާނާ ޕޮޒިތިވް ވުމުން، ރަށުގެ ގިނަ ބަޔަކު ޓާސްކް ފޯސްއަށް ގުޅާ، އޭނާ ކަރަންޓީނު އުސޫލުތަކާ ހިލާފުވި ކަމަށާއި، ބޭރުތެރެއިން ފެނުން ކަމުގެ މައުލޫމާތު ދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރަށް މޮނީޓަރިންގެ ހާލަތަށް ލފައިވަނީ، މި ޒުވާނާ ކަރަންޓީނު އުސޫލުތަކާ ހިލާފުވުން، ރަށުތެރެއިން ކޮންޓެކްޓުން ފާހަގަ ވެގެން ކަމަށެވެ. އެގޮތުން މި ޒުވާނާ އާއިބައްދަލުވި ކަމަށް ބެލެވޭ 13 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާއިރު، އޭގެ ތެރެއިން ފަސް ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކަރަންޓީނު އުސޫލާ ހިލާފުވި ޒުވާނާއާއެކު މި ކްލަސްޓާގައި ޖުމުލަ ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ހޯމް ކަރަންޓީނުގައި ތިއްބާ، ކަރަންޓީނު އުސޫލާ ހިލާފުވެ، މިމަހު 11ގައި ކޯޓަށް ގޮސް ކައިވެނި ކުރި ގއ. ވިލިނގިލީގެ ދެމީހަކު، ކޮންމެ މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މީހުންނާއެކު ޖުމުލަ ދެ ކްލަސްޓާއެއް ވިލިނގިލީގައި އުފެދިފައިވާ ކަމަށް ހަބަރު ފެތުރިފައިވާއިރު، ޝަރީފް ވަނީ އެކަން ދޮގު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް