އިއްޔެއަކީ މަދޫރީގެ 54 ވަނަ އުފަން ދުވަހަށް ވާއިރުގައި އޭނާ މިއަދުވެސް އިހު ޒަމާންހާ ޒުވާންވެފައި ރޫޅާ ފައްޗެވެ.
މަދޫރީގެ އުފަން ދުވަހުގެ މުނާސަބަތުގައި އޭނާއަށް ވަނީ ގިނަ ބޮލީވުޑް ތަރިންގެ ހެޔޮ އެދުމާއި ތަހުނިޔާ ލިބިފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ބާތްޓޭ ވިޝް އަކީ މަދޫރީއާ އެކުގައި ގިނަ ފިލްމު ތަކެއް ކުޅެފައިވާ އަނިލް ކަޕޫރްގެ ތަހުނިޔާ އެވެ.
އަނިލް ބުނެފައި ވަނީ ފިލްމީ ތަރިއެއްގެ ހިތް އަބަދުވެސް އޮންނާނީ ފިލްމު ކުޅޭ ސެޓުގައި ކަމަށެވެ. އަދި ވަރަށް އަވަހަށް މަދޫރީއާ އެކުގައި ފިލްމެއް ކުޅެލަން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އަނިލް ބުނެ އެވެ.
އަނިލް ވަނީ މަދޫރީއަށް އުފާވެރި އުފަން ދުވަހެއްގެ ތަހުނިޔާ ވެސް ކިޔާފަ އެވެ. އަދި ކޮވިޑް ރައްކާތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި ވުމަށް ވެސް އަނިލް އެދިފައި ވެއެވެ.