ads
އަޝްފާ އަދި ތޭރަ
ތޭރަ އާއި އަޝްފާ ކައިވެނި ކުރި ދުވަހު ކަންތައް ވީގޮތަކީ މިއީ
ލަވަކިޔުމުގެ ދާއިރާއިން ތޭރަ އާއި އަޝްފާ އަކީ ފާހަގަކޮށްލެވޭ ދެމަފިރިންނެވެ.
Advertisement

ކައިވެނި ކޮށްގެންވެސް ލަވަކިޔުމުގެ ދާއިރާއިން ދެމީހުން އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ އަޝްފާ އަދި ތޭރަ މިވަނީ އެދެމީހުންގެ ދިރިއުޅުމުގެ ގިނަ ކަންތަށްތަކެއް މިފަހުން ހިއްސާކޮށްފައެވެ.

ބައިސްކޯފުގެ ޝޯއެއްގައި އަޝްފާއަށް ކުރެވުނު ސުވާލެއްގައި ތޭރަ އާއި ކައިވެނި ކުރެވުނު ދުވަސް ސިފަކޮށްދިނުމަށް އެދުމުން އޭނާ ބުނެފައިވަނީ އެއީ ހަޔާތުގައި ގެންނަން އެންމެ ކެތްމަދުވެފައިވާ އެއްދުވަސް ކަމަށެެވެ. 

އަޝްފާ އެހެން ބުނުމާ އެކު ތޭރަ ބުނެފައިވަނީ އޭނާއަށް އެދުވަހު ފެނުނީ "ރޮއި ރޮއި އިން ކުއްޖެއް" ކަމަށާއި "ކެނޑިނޭޅި ރޮމުން ދިޔަ ކުއްޖެއް،" ކަމަށެވެ.

އަހަރެން ހިތަށް އެރި އަޝްފާގެ ދިރިއުޅުމުގެ މިވަގުތުކޮޅު އޭގެ އެތައް އަހަރުތަކެއް ފަހުން އަޝްފާ ކިޔާދޭން މަސައްކަތްކުރާއިރު އަޝްފާއަށް އެއްޗެއް ވިސްނޭނެބާއޭ އަޅެ އެހާވަރަށް އެބަ ރޮއޭ. ކިރިކިރިޔާ ހަމަ ފަޅާގެން ނުގޮސް އިންކަން ހަމަ- ތޭރަ

އަޝްފާ ބުނީ އެކަން އެހެންވީ އުފަލުން ކަމަށެވެ. އަދި އެއީ ހުރިހާ އިމޯޝަންތަކެއް އެއްވެގެން އައުމުން ވީގޮތެއް ކަމަށް އަޝްފާ ބުނެެެއެވެ.

އަޝްފާ ބުނީ އޭނާ ތޭރަ އާއި ކައިވެނި ކުރީ ތޭރައަކީ އޭނާގެ ދިރިއުޅުމަށް ގެންނަން އެންމެ ކަމުދާ މީހާކަމަށް ހީވުމުން ކަމަށެވެ.  

26%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް