ކޮވިޑް 19
ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު ޑޮކްޓަރުން ހޯދަނީ
Share
ކޮވިޑް-19 ހާލަތު ގޯސްވެ، ސިއްހީ ފަރުވާދޭ އިތުރު ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
Advertisement

ރޭ ހެލްތު މިިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދެމަސްދުވަހު މަސައްކަތް ކުރާނެ 10 ޑޮކްޓަރުން ބޭނުންވާ ކަމަށެވެެ.

އަދި މިޑޮކްޓަރުން މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް މުސާރައިގެ ގޮތުގައި 88.50 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 

މިމަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ބެޗެލާސް އޮފް މެޑިސިން އެންޑް ބެޗެލާސް އޮފް ސާޖަރީ ނިންމާފައި ވުމާއި، މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރާ ފަދަ ޓީޗިން ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތް ކޮށްފައި ހުރުމެވެ. 

އިތުރު 10 ޑޮކްޓަރުން ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، ދިވެހި އަދި ބިދޭސީ ޑޮކްޓަރުންނަށްވެސް މިމަގާމަށް އެދި ހުށަހެޅޭނެ ކަމަށް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވއެވެ. 

މީގެ ކުރިން ވޮލަންޓިއާ ކޮށްގެން މަސައްކަތް ކުރުމަށް ދިވެހިން ހޯދައި، ވަޒީފާއަށް ބޭރު ޑޮކްޓަރުން ހޯދަން އިއުލާނު ކުރުމުން ގިނަބައެއްގެ ފާޑުކިއުން ވަނީ ހެލްތު މިނިސްޓްރީއަށް އަމާޒުވެފައެވެ. 

މިހާރު އިއުލާނު ކޮށްފައިވާ 10 ޑޮކްޓަރުންގެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް