ads
ރަޖަބް ތައްޔިބު އުރުދުޣާން އާއި ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝްއޮގްލޫ
ފަލަސްތީނުގެ ދިފާއުގައި ލަޝްކަރެއް އުފައްދަން ތުރުކީން ހުށަހަޅައިފި
ފަލަސްތީންގެ ދިފާއުގައި އިސްލާމީ ގައުމުތައް ގުޅިގެން ލަޝްކަރެއް އުފައްދަން ތުރުކީ އިން އޯޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ހުށަހަޅައިފި އެވެ.

އިޒްރޭލުން ގަޒާގައި އަދި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ގަތުލު ކުރުން ހުއްޓުވަން ތުރުކީން ހުށަހެޅީ "އިންޓަނޭޝަނަލް ޕްރޮޓެކްޝަން މެކޭނިޒަމް" އެއް އުފެއްދުމަށެވެ. ތުރުކީން ބުނީ ފަލަސްތީނުގެ ދިފާއުގައި އުފައްދާ ލަޝްކަރަށް އަސްކަރީ ގޮތުން އަދި މާލީ ގޮތުން ވެސް އެހީތެރިވާން ޝައުގުވެރިކަން ހުރި ގައުމުތަކުން އެ މެކޭނިޒަމްގައި ބައިވެރިވެވޭނެ ކަމަށެވެ. 

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޮޓް ކަވުސޮގްލޫ ވިދާޅުވީ ތުރުކީ އޮތީ ފަލަސްތީނުގެ ދިފާއުގައިި ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ކަމަށެވެ. 

57 މެމްބަރު ގައުމު ހިމެނޭ އޯއައިސީގެ ބައްދަލުވުމުގައި މެވްލޮޓް ވިދާޅުވީ އެ މެކޭނިޒަމް އުފައްދާނީ އދ. ގެ ޖެނަރަލް އެސެމްބްލީގެ 2018 ވަނަ އަހަރުގެ ރިޒޮލިއުޝަނާއި އެއްގޮތަށް ކަމަށެވެ. 

ތުރުކީން ވަނީ އިޒްރޭލާއެކު ގުޅުން ބަދަހި ކުރި ގައުމުތަކުން ފަަލަސްތީނުގެެ ހައްގުގައި ތެދުވުމަށް ގޮވާލާފައެވެ.

އިޒްރޭލުން މިއަދު އެކަނިވެސް 42 ފަލަސްތީނު ރައްޔިތުން ޝަހީދު ކޮށްލާފައިވެއެވެ. މިހާތަނަށް އިޒްރޭލުން 188 މީހުން ޝަހީދު ކޮށްލާފަ ވާއިރު އޭގެތެރޭގައި 55 ކުޑަކުދިންނާއި 33 އަންހެނުން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި ގައްޒާއިން އިތުރު 1،200 މީހުން ޒަހަމްވެފައިވެއެވެ. އިޒްރޭލުން ހުޅަނގު އައްސޭރީގައި ވެސް 13 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފައިވެއެވެ.

94%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް