ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ލާހޫރުގައި ހުންނަ ބާދުޝަހީ މިސްކިތުގައި ކީރިތި ގުރުއާން އަޑުއައްސަވަން ތިއްބެވި ވީޑިއޯތަކެއް އާންމުވެއްޖެ އެވެ.

Advertisement

މިސްކިތަށް ވަޑައިގެންނެވިއިރު ކޭޓް ތުރުކުރައްވައިގެން އިންނެވީ ޕާކިސްތާނުގެ ސަގާފީ ހެދުމެއް ކަމަށްވާ ސަލްވާރު ކަމީޒެކެވެ. ކޭޓް އިންނެވީ ބުރުގާ ވެސް އަޅުއްވައިގެންނެވެ.
މިސްކިތުގެ އިމާމް ޤުރުއާން ކިޔުއްވަމުން ގެންދެވިއިރު ކޭޓް އާއި ވިލިއަމް ތިއްބެވީ އެތަނުގައި އިށީދެވަޑައިގެންނެވެ.
ފަނަރަވަނަ ގަރުނުގައި ބިނާ ކުރި މިމިސްކިތަށް ވިލިއަމްގެ މަންމާފުޅު ޕްރިންސަސް ޑަޔާނާ ވެސް ވަޑައިގަތެވެ.