ads
މޭޔަރު ޝިފާ
ދައުރުގެ އެންމެ ފަހު ވަގުތުކޮޅު: މޭޔަރު ޝިފާގެ އިހްސާސްތައް ބަޔާނަކުން
މިއަދަކީ މިއަހަރުގެ އެޕްރީލް 10ވަނަ ދުވަހު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގަަައި ކާމިޔާބު ލިބުނު ކެނޑިޑޭޓުން ރަސްމީކޮށް މަގާމާއި ހަވާލުވުމަށް ހުވާކުރެވިގެންދާނެ ދުވަހެވެެ.

މިއަދު ހެނދުނު 9:00ޖަހާއިރު އޮންލައިންކޮށް ބޭއްވިގެންދާ ހުވާކުރުމުގެ ރަސްމިއްޔާތައް ފަހު ރައްޔިތުން އެކިއެކި މަގާމުތަކަށް އިސްކުރި ބޭފުޅުންގެ ޒިންމާތަށް އަދާކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅާނެއެވެ. އަލަށް ކައުންސިލް ތަކާއި ހަވާލުވާ ބޭފުޅުންނާއި ދައުރެއް ނިންމާ މަގާމުތަކުން ވަކިވެގެންދާ ބޭފުޅުންނެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނެގިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް 325 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މީގެތެރެއިންވެސް އެންމެ ހާއްސަވަނީ އެމްޑީޕީގެ ފުރިހަމަ އަގުލަބިއްުޔަތަކާއިއެކު އޮތް މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް އިދިކޮޅަށް ފުރޮޅިގެންދާ ފުރޮޅުމެވެ. ފުރަތަމަ ފަހަރަށް ސަރުކާރު މައި ޕާޓީ އެމްޑީޕީ ކަޓުވާލާ މާލޭ ސިޓީ ކައުންސިލަށް އިދިކޮޅުގެ ބޮޑު އަގުލައްބިއްޔަތަކުން ގޮޑިތައް ކާމިޔާބުކޮށް މިއަދު ހުވާކުރެވިގެންދާނީ ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޓިކެޓުގައި ފުރިހަމަ އަދި ތަފާތު ބޮޑު ކާމިޔާބީއެއް ހޯދި ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގެ ދަށުން ޒިންމާތަކާއި ހަވާލުވާ، އިދިކޮޅުގެ ބޮޑު ލަޝްކަރެކެވެ.

މިޔާއިއެކު މިއަދުގެ މިވަގުތާއި ހަމަޔަށް މޭޔަރުކަމުގައި ހުންނެވި ޝިފާ މުހައްމަދު މަގާމުން ވަކިވެގެންދާނެއެވެ. ދައުރުގެ އެންމެ ފަހު ވަގުތުކޮޅު  މޭޔަރު ޝިފާ ވަނީ ދައުރު ނިމުމާއިއެކު ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިއަދަކީ މީގެ އަހަރުތަކެއް ކުރިން ރައްޔިތުން ހަވާލުކުރި، ވާޖިބުތައް އަދާކުރުމަށް، މާލޭ ސިޓީގެ މޭޔަރު ގެ މަޤާމުގައި  ދައުރުގެ އެންމެ ފަހުވަގުތުކަމަށާއި، މިއަދުން ފެށިގެން، މާލޭ ސިޓީ ކައުންސިލް ހިންގުމާއި، އަލަށް އިންތިހާބުވެވަޑައިގަތް މޭޔަރު ޑރ. މުއިއްޒު މަޤާމާއި ހަވާލުވެލައްވާނެކަމަށެވެ. އަދި އަލަށް އިންތިހާބުވެފައިވާ ކައުންސިލަރުންވެސް، މަޤާމުގެ ހުވާ ކުރައްވާނެ ކަމަށެވެ.
ޝިފާ ވިދާޅުވީ 2014 ވަނަ އަހަރު އިންތިހާބު ކުރެވުނު ކައުންސިލަށް ރައްޔިތުން އިންތިހާބު ކުރެއްވި ދުވަހުން ފަށައިގެން، މިއަދާއި
ހަމައަށް، ދެ ދައުރު ނިންމާލުމަށްފަހު މަސައްކަތާއި ވަކި ވެގެން މިދަނީ، ވަރަށް ގިނަ ހަނދާންތަކާއިއެކު، ތަފާތު ގިނަ ގޮންޖެހުންތަކާއި، ހިތާމަވެރި ހާދިސާތަކާއި، އުފާވެރި އެތައް ވަގުތަކާއި، އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު، ގިނަ ކާމިޔާބީތަކެއްވެސް ހޯދައިގެން ކަމަށެވެ. އަދި އެކަން  އެކަމަނާގެ ހަނދާނުގައި އަބަދުވެސް ބަހައްޓާނެކަމަށް ވިދާޅުވެފައިވެއެވެ.

“މަސައްކަތުގެ މާހައުލުގައި ކުރިމަތިވި ކަންކަމާއި ކުރިމަތިލުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ، ތިޔަ ރައްޔިތުން އަޅުގަނޑަށް ދެއްވި ނަސޭހަތާއި، ލޯތްބާއި، އެކުގައި މަސައްކަތްކުރި ކައުންސިލަރުންނާއި، ޚިދްމަތްތެރި މަސައްކަތަށް ވަފާތެރި މުވައްޒަފުން ދެއްވި ހިތްވަރާއި ބެހެއްޓެވި ގާތްކަމުގެ ސަބަބުންބުންނެވެ. ނަމަވެސް ބައެއްގެ ޒާތީ ހަސަދަވެރިކަމުގެ ތެރެއިން ރޭވިގެން ހިންގި، ބައެއް ޢަމަލުތަކުގެ ސަބަބުން ކައުންސިލްގެ މުހިއްމު ވަގުތުތަކެއް ގެއްލިގެން ދިޔަކަން ހިތާމައާ އެކު ފާހަގަކުރަމެވެ.” ބަޔާނުގައި ބުނެފައިވެެއެވެ.

ޝިފާ ވިދާޅުވީ ދައުރުގެ ބޮޑުބައެއް ހޭދަކުރަންޖެހުނީ އޭރުގެ ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް އަޅާލުމެއް ނުލިބި، މަގުމަތިވި ހާލުގައި، ހަމަ އެ ކުޑަކުޑަ ގޮޅީގައި ކަމަށެވެ. ދެމުން އައި ހިދްމަތްތައް އަތުލައި، މަރުކަޒީ ވިސްނުމަށް ހިންގުމުގެ ނިޒާމް ބަދަލުކުރުމާއިއެކު، ކައުންސިލް އިދާރާ ވެގެންދިޔައީ ދައުލަތުގެ އެންމެ ކުޑަ އިދާރާއަށްކަން ފާހަގަކުރައްވާ ވިދާޅުވީ ޖާގައިގެ ދަތިކަމާއިއެކު އެކަމަނާއާއި، މާލެ އަށް އިންތިހާބުކޮށްފަތިބި 13 ކައުންސިލަރުން ތިބެންޖެހުނީ ކުޑަ ކޮޓަރިއެއްގަ އެންމެ މޭޒެއް ވަށައިގެން ކަމަށެވެެ.

“ކަންމިހެން ހިނގާ ދިޔަ ނަމަވެސް، 2018 ވަނަ އަހަރު އައު ސަރުކާރެއް އިންތިހާބު ވުމާއި ގުޅިގެން، އުއްމީދުތައް އާވެގެން ދިޔަ، ގިނަ ބާރުތަކެއް ކައުންސިލަށް ލިބި، ގިނަ މަސައްކަތްތައް ކުރެވުނެވެ. މާލޭގެ މުނިސިޕަލް ގިނަ ޚިދްމަތްތަކާއި، ތަފާތު އެކި މަޝްރޫއުތަކާއި، މުވައްޒަފުންނަށްވެސް ކުރިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދެވުނެވެ.”ބަޔާނުގަައި ބުނެފައިވެއެވެ.

އެހުރިހާ ކަމެއްވެސް ކާމިޔާބުކަމާއިއެކު ކުރެވުނީ، ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުންކަން ފާހަގަކުރަމުން ބަޔާނުގަައި ބުނެފަައިވަނީ، ފެންބޮޑުވާ މައްސަލަ ހައްލުވެގެންދިޔަ ކަމަށާއި ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓާއި، މާލޭ ސިޓީގައި ގާއިމްކުރެވުނު ގިނަ ޕާކިންގް ލޮޓް ތަކާއި، ބަސް ސްޓޮޕްތަކާއި، އެކި ވަރުގެ ޕާކްތައް ވެގެންދާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ކަންކަމަށެވެ.

އަދި ކުރިއަށް ރޭވި ބަޖެޓް ކުރެވިފައިވާ ތަފާތު ގިނަ މަސައްކަތްތައް ވެގެންދާނީ މުނިސިޕަލް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކޮށިފައިވާ
ފަސޭހަ މަގަކަށް ކަމަށާއި، މާލެ އާއި ވިލިމާލޭގައި އަޅަން ރޭވިފައިވާ މަސް މާރުކޭޓާއި، މާލޭގައި އެޅޭ ސިޓީ ހޯލް އާއި، މަލްޓި ސްޓޯރީ ޕާކިންވެގެންދާނީ، މާލެއަށް ކުރިއެރުން ގެނެސްދޭނެ ބޮޑެތި މަޝްރޫތަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

“ އަޅުގަނޑުގެ އުއްމީދަކީ ސިޓީ ކައުންސިލުން ރާވައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ ރައްޔިތުންނާއި ހަމައަށް، އަލަށް ހަވާލުވާ ކައުންސިލުންވެސް ގެންގޮސްދެއްވުމެވެ.

 މިފާއިތުވެދިޔަ 2 ދައުރާއި، އޭގެ ކުރިންވެސް ރައްޔިތުން އަޅުގަނޑާއި މެދު ބެހެއްޓެވި ގާތް ކަމާއި، ދެއްވި ފުރިހަމަ އެއްބާރުލުމާއި ކުރެއްވި އިތުބާރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. ސިޓީ ކައުންސިލަރުންނާއި، ކައުންސިލް ގެ ހީވާގި މުވައްޒަފުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށް ނުހަނު އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ.
އަދި ކައުންސިލްގެ މަސައްކަތް މިހާ ހިސާބަށް ގެނައުމަށްޓަކައި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންވަމެވެ. އަޅުގަނޑަށް އެއްވެސް ރައްޔިތަކާއިމެދު، ހިތްހަމަނުޖެހޭ ގޮތަކަށް އެއްވެސް ކަމެއް ކުރެވިފައި ވާނަމަ މައާފް ކޮށްދެއްވުން އެދެމެވެ. “ ބަޔާނުގަައި ބުނެފައިވެއެވެ.

އެ ބަޔާން ނިންމާލަމުން ޝިފާ އިތުރަށް ބުނެފައިވަނީ  ދުއާ އަކީ މާތް ﷲ މާލޭ ސިޓީ ކައުންސިލަށް ކުރިއެރުމާއި، ފާގަތިކަންދެއްވުން ކަމަށާއި، މާލޭ ސިޓީ އަކީ ރައްޔިތުންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށްވެގެން ދިޔުންކަމަށެެވެ. 

މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ މޭޔަރު އަދި ކައުންސިލަރުން ހުވާ ކުރުމާއި
އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގްރާރުވުމުގެ ރަސްމީޔާތު ފެށުމަށް ހަމަޖައްސާފައިވަނީ ހެނދުނު 09:00 ޖަހާއިރު އޮންލައިންކޮށެވެ.
މި ރަސްމިއްޔާތު ފެށުމަށްފަހު ކައުންސިލުގެ ނިމިދިޔަ ދައުރު ހިނގައި ދިޔަ ގޮތުގެ ބަޔާން ދަރުބާރަށް އިއްވުން އޮންނާނެއެވެ.
އެޔަށްފަހު 09:25 އިން 09:30 އަށް މޭޔަރު އަދި ކައުންސިލަރުންނަށް ހުވައި ލައިދެއްވުމާއި، ހުވާ ކުރެއްވުން އޮންނާނެއެވެ. ހުވާލާދެއްވާނީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޒާ ހާތިފް ހިލްމީ އެވެ.

އޭގެފަހުން ހުވާގައި މޭޔަރާއި، ކައުންސިލަރުން ސޮއި ކުރެއްވުމާއި، ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ
އިގްރާރުގައި ސޮއި ކުރެއްވުމަށްފަހު 09:40 ގައި ރަސްމިއްޔާތު އެއްކޮށް ނިމިގެންދާނީ ގައުމީ ސަލާމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް