ads
ކުއްލި މައްސަލަ ހުށަހެޅުއްވީ މެންބަރު ޝިޔާމް
އިޒްރޭއިލް ފަތުރުވެރިން ރާއްޖެއަައުން ހުއްޓުވުމަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
އިޒްރޭއިލް ފަތުރުވެރިން ރާއްޖެއަައުން ހުއްޓުވުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ނަައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ. 

އެ މައްސަލާގަައި ވަނީ ތަފާތު އެކި އަހަރުތަކުގަައި މަސްޖިދުލް އަގްސާގެ މިސްކިތް ހަލާކުކޮށް ސުންނާފަތިކޮށްލުމަށް އިސްރާއީލުން އިންތިޒާމީ ސިފައެއްގައި ހިންގަމުންދާ އެތައް ޖަރީމާތަކެއް ފާހަގަކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.  

އަދި އެކުއްލި މައްސަލަ ލިޔުނު ވަގުތާ ހަމައަށް ގައްޒާއިން އެކަނި 47 ކުޑަކުދިންނާއި 2 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 174 މީހުން އިސްރާއީލުގެ އުދުވާނުގައި ޝަހީދުކޮށްލާފައިވާތީއާއި، އިރުމަތީ ޤުދުސްގައި ސުލްހަވެރިކޮށް އިހުތިޖާޖުކޮށް
މުޒާހަރާކުރާ ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ބަޑިން ހަމަލާދީ އެތަނުންވެސް 11 މީހަކު ޝަހީދުކޮށްލާ އެތައް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައިވާއިރު، މިކަންކަމާމެދު ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ނުރުހުން ފާޅުކުރަންޖެހޭކަމަށް ދެކޭކަން ފާހަގަކޮށް ބުނެފައިވަނީ ނުރުހުން ފާޅުކުރުމަކީ ހަމައެކަނި ނެރެލާ ބަޔާނަކުން، ބުނެލާ ބަހަކުން ކުރެވޭ ކަމެއް ކަމުގައި ނުދެކޭތީ، އަމަލީ ގޮތެއްގައި އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ކޮންމެވެސް ކަމެއް ދިވެހި ދައުލަތުން ކުރަންޖެހޭ ކަމުގައި ގަބޫލުކުރާ ކަމަށެެވެ.

އެހެންކަމުން އިސްރާއީލުން ރާއްޖެއަށް ފަތުރުވެރިން އައުން މި އުދުވާން ހުއްޓައިލަންދެން މަނާކުރުމަށާއި، 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ނިންމި ފަދައިން އިސްރާއީލުގެ އުދުވާނަށް ނިމުމެއް އަންނަންދެން
އިސްރާއީލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށާއި، މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ނިސްބަތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްފަހު އެ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 110ވަނަ މާއްދާގެ
ދަށުން ކުއްލި މައްސަލަ ހުށައަޅާ ކަމަށެެވެ.

އެމައްސަލަ ބަލާގަނެ މަޖިލީހުގެ ތަޅަމުގައި ބަހުސްކުރުމަށް ވޯޓަކަށް އެހުމުން ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައަށް ބަހުސްކުރުމަށް ފެންނަކަމަށްވަނީ ފާސްވެފައެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް