
އެންޑީއޭގެ ސީއީއޯގެ މަގާމަށް ހަބީބު އައްޔަންކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެންޑީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަބީބުގެ ޕާފޯމެންސް ވަޒަންކުރުމަށްފަހު، އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ނުފެންނަކަމަށް އެންޑީއޭގެ ބޯޑުން ނިންމެވުމާ ގުޅިގެން އިއްޔެއިން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ކުރިން އެންޑީއޭ ހިންގަމުން އައީ ޖެންޑާ މިނިސްޓްރީގެ ދަށުން ނަމަވެސް މި މަހު އެ މުއައްސަސާ ވަނީ ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
އެންޑީއޭގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ އެތަން ހިންގާ ގޮތާއި މެދު ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ. ނޭޝަނަލް ޑްރަގް އެޖެންސީގެ ހިންގުމަށް ރައީސް ބަދަލު ގެއްނަވާފައިވާކަން އިއުލާން ކުރެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށެވެ.