ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ރައްޔިތުންގެ މަޖިލީހުން އިޒްރޭލު ކުށްވެރި ކޮށްފި
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކޮށްފިއެވެ.

އިޒްރޭލު ކުށްވެރިކޮށް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެކަން ވަގުތުން ހުއްޓުވުމަށް ގޮވާލާ ކަމަށެވެ. 

އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ބައިނަލް އަގުވާމީ އެއްބަސްވުންތަކާއި ހިލާފު، މެދުއިރުމަތީގެ ސުލްހަވެރިކަން ގާއިމު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ އަމަލެއްކަންވެސް މިބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް އަބަދުވެސް އޮންނާނި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއި އެކުގައި ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުން މަތީގައި ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. 

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ކުށްވެރިކޮށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވެސް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް