ads
އުނގޫފާރު ދާއިރާގެ- މުހައްމަދު ވަހީދު (ވައްޑޭ)
ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވޭ: ވައްޑޭ
ރައީސް ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. "ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވަން، އެކަމަކު އެހެން ގޮވަން މެރުވެރިވީ، ރައްޔިތުންގެ ވެރިކަމެއް "ކާޅެއް ހެން" ބަގާވާގަތަކުން ޖަހައިގަނެ، އަޅުގަނޑުމެންނަށް ކިހާ އަނިޔާއެއް ދިނީމަކަން، ވަހީދުގެ ބޭފުޅުން ހަންދުމަ ނައްތައިގެން ނުވާނެ" އެ ޓުވީޓުގައި ވައްޑޭ ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ރައީސް ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގަތީ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި އިދިކޮޅުން، ބަގާވާތަކުން ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުންނެވެ.

ރައީސް ވަހީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 7 ފެބްރުއަރީ 2012 އިން 17 ނޮވެމްބަރ 2013 އަށެވެ. ދެވަނަ ދައުރަކަށް ރައީސް ވަހީދު ވާދަކުރެއްވި ނަމަވެސް އިންތިހާބުގައި ރައީސް ވަހީދަށް 5 ވަރަކަށް އިންސައްތަ ވޯޓެވެ. 2013ގެ އިންތިހާބު ކާމިޔާބު ކުރައްވާ، ރައީސް ވަހީދަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔާމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް