ads
ފޮޓޯ--އެމްއެންޑީއެފް
އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު
އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑަމީން ހިންގުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ޑިފެންސް އެކެޑަމީ ކޯސް – 146" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ތިން މާއްދާ (ދިވެހި، އިސްލާމް މާއްދާ ނުހިމަނާ) އިން ފާސްވުމާއިމިއަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވާން ޖެހޭނޭ ކަމަށެވެ.

އަދި އޭގެ އިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނޭ ކަމަށް ސިފައިން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ 2024 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، މިމަހުގެ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގއަށް އީމެއިލް ކުރެއްވުން އެދޭ ކަމަށެވެ.

އަދި ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް އިން ޑައުންލޯޑުކުރެވޭނެ ކަމަށާއި ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 7534599 އަށް ގުޅަން އެދޭ ކަމަށް ވެސް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް