ads
މައްސަލަ ހޫނުވެ، "ޖެރުސަލެމް ޕްރެޔާ" ޕޭޖު ފޭސްބުކްއިން ސަސްޕެންޑުކޮށްފި
ގިނަ ބަޔަކަށް ނޭގި، "އޮޓަމެޓިކުން" ލައިކްވެފައިވާ، "ޖެރުސަލެމް ޕްރެޔާ ޓީމް" ޕޭޖު ސަސްޕެންޑު ކުރަން ފޭސްބުކްއިން ނިންމައިފި އެވެ.

76 މިލިއަން ލައިކް ލިބިފައިވާ މި ޕޭޖަށް ލައިކްކޮށްފައިވާ ކަމަށް ދައްކާ، ގިނަ އެކައުންޓުތަކުގެ ވެރިފަރާތްތަކުން ބުނާ ގޮތުގައި އެ ލައިކް އަކީ އެމީހުން ދީފައިވާ ލައިކް އެއް ނޫނެެވެ. އަދި އެމީހުން ތުހުމަތު ކުރާ ގޮތުގައި އެ ޕޭޖްއަށް ލައިކް އިތުރު ކުރުމަށް ފޭސްބުކުން ވަނީ މަކަރު ހަދައިގެން ގިނަ ބައެއްގެ ލައިކް އެ ޕޭޖަށް އެޑްކޮށްފައެވެ. 

އިޒުރޭލުގެ ޕްރޮޕަގަންޑާ ފެތުރުމަށް އުފައްދާފައިވާ ކަމަށް ބުނާ މި ޕޭޖަށް ލައިކްކޮށްފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޕޭޖުގައި އިސްލާމީ ގައުމުތަކުގެ ފޭސްބުކް ބޭނުން ކުރާ މީހުންގެ ލައިކް ވަނީ މަކާރި ހިލާތުން، އެކައުންޓުގެ ވެރިފާރާތުގެ ހުއްދައަކާ ނުލާ ހިމަނާފައެވެ. 

ފޭސްބުކުން ޖެރުސަލެމް ޕްރެޔާ ޓީމްގެ ޕޭޖު ސަސްޕެންޑު ކުރީ ހުއްދަ ނެތި އެމީހުންގެ އެކައުންޓުން ޕޭޖަށް ލައިކްވި މައްސަލާގައި ގިނަ ބަޔަކު ފޭސްބުކަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. ފޭސްބުކުން އެ ޕޭޖުގެ ވެރިފަރާތަށް އަންގާފައިވާ ގޮތުގައި ޕޭޖު ސަސްޕެންޑު ކުރީ ފޭސްބުކްގެ ގަވައިދުތަކާއި ހަލާފަށް އަމަލުކޮށްފައިވުމުންނެވެ. 

"ޖެރުސަލެމް ޕްރެޔާ ޓީމް" ފޭސްބުކް ޕޭޖު ހިންގާ ޓީމުން މިކަމާ، ގުޅިގެން އިނގިރޭސި ނޫސް ޑެއިލީ މެއިލްއާ ވާހަކަ ދައްކަމުން ބުނީ މިއީ "ރެޑިކަލް މުސްލިމުން" ޕްލޭންކޮށްގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ޕޭޖު ސަސްޕެންޑު ކުރުވަން، އެތައް ސަތޭކަ ބަޔަކު ފޭކު ރިޕޯޓްތައް ފޭސްބުކްއަށް ފޮނުވާފައިވާ ކަމަށް ވެސް އެ ޕޭޖު ހިންގާ ފަރާތުން ތުހުމަތު ކޮށްފައިވެއެވެ. 

"ޖެރުސަލަލެމް ޕްރެޔާ ޓީމް" ޕޭޖަކީ، އިޒުރޭލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދިފާއުކޮށް، އެކިކަލަ ގޮތްގޮތުން މީހުންގެ ސިކުންޑިތަކަށް އެ މީހުންގެ އަމަލުތަކަކީ "އަމިއްލަ ދިފާއު" ގައި ކުރާ ކަންތަކެއް ކަމަށް ދެއްކުމަށް ހިންގާ ޕޭޖެކެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި އެ ޕޭޖުގެ މައިގަނޑު ބޭނުމަކީ މުސްލިމް ޒުވާން ކުދިންގެ މެދުގައި އިޒުރޭލުގެ ފިލޮސޮފީއަށް ލޯބި ޖެއްސުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް