ޔުވެންޓަސް ކުޅުންތެރިން ޓްރޮފީއާ އެކު
އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް
Share
އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ޔުވެންޓަސްއިން ހޯދައިފިއެވެ. ޔުވެންޓަސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެޓްލާންޓާ ބަލިކޮށެވެ.
Advertisement

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.

އެޓްލާންޓާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭޖާން ކުސުލެވްސްކީ އެވެ. ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުގައި ޖެހި މި ގޯލާ އެކު ޔުވެންޓަސްއަށް ކުރި ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓްލަންޓާއިންވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓްލާންޓާއަށް އެއްވަރުކޮށްދިނީ  ރުސްލާން މަލިނޭސްކީއެވެ. ޔުވެންޓަސްއަށް ތަށި ކާމިޔާބުވީ ލަނޑު، ދެވަނަ ހާފުގެ ތެރޭގައި ޖެހީ ފެޑެރީކޯ ޗިއޭސާ އެވެ.

ވޭތިވެ ދިޔަ ނުވަ ސީޒަންގެ ލީގު ޗެމްޕިއަން ޔުވެންޓަސްއަށް މި ސީޒަންގައިވަނީ ލީގު ގެއްލި ޔޫރަޕުގެ މުބާރާތުންވެސް ކަޓާފައެވެ. އެހެންނަމަވެސް މި ތަށި ލިބުމާ އެކު ހުސް އަތާ ސީޒަން ނިންމާކަށް ޔުވެންޓަސްއަކަށް ނުޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް