މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ދުބާއީއަށް ފުރާނީ ތޭވީސް ކުޅުންތެރިންނާ އޮފިޝަލުންނެވެ. މެޗުތައް އޮންނާނީ މި މަހު ފަހު ކޮޅުން ފެށިގެން އަންނަ މަހު މެދުތެރެއާއި ހަމައަށެވެ. ގައުމީ ޓީމުން ތިން މެޗު ކުޅޭއިރު، އެއީ ޗައިނާ، ސީރިޔާ އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
ގައުމީ ޓީމު މިވަގުތު ތިބީ ހޮޓެލް ޖެންގައި ކޭމްޕު ކޮށްގެނެވެ. މާލޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާތީ މާލޭގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނެތުމުން، ދުބާއީގައި ގައުމީ ޓީމުގެ ބައެއް ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޗައިނާގައި ކުޅޭ މެޗުތަކަކީ ގައުމީ ޓީމުގެ މިހާރުގެ ކޯޗުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅޭނެ ފުރަތަމަ މެޗުތަކެވެ.