ads
ކުޗް ކުޗް ހޯތާހޭގެ ޕޯސްޓަރެއް
"ކުޗް ކުޗް ހޯތާ ހޭ" އަށް 21 އަހަރު: ބަލާ ބަލާ ފޫހި ނުވާ ފިލްމެއް!
ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޑައިރެކްޝަން ހަޔާތް ފެށި ފިލްމެވެ. އެފިލްމަށް އިއްޔެ 21 އަހަރު ފުރުނު އިރު މިއީ ކިތަންމެ ގިނައިން ބެލި ނަމަވެސް ފޫހި ނުވާ ވަރުގެ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޑައިރެކްޝަން ހަޔާތް ފެށި ފިލްމެވެ. މިފިލްމަށް އިއްޔެ 21 އަހަރު ފުރުނުއިރު މިއީ ކިތަންމެ ގިނައިން ބެލި ނަމަވެސް ފޫހި ނުވާ ވަރުގެ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ލީޑު ރޯލުން ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހް ރުކް ހާނާއި ރާނީ މުކަރުޖީ އަދި ކާޖަލް ފެނިގެންދިޔަ މިފިލްމަކީ 1998 ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ.

މިފިލްމަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ކަރަން ޖޯހަރު ވަނީ މިދިޔަ އަހަރު ބޮޑު ހަފުލާއެއް ވެސް ބާއްވާފަ އެވެ. އެގޮތުން މިހަފުލާގެ އެންމެ ހާއްސަ އެއްކަމަކީ މިފިލްމުގެ ލީޑު ތިން ތަރިން ހަފުލާގެ ތެރެއިން އެއް ތަންކޮށްލުމެވެ. ނަމަވެސް މިއަހަރު އެފަދަ ބޮޑު ހަފްލާއެއް ބާއްވާކަމުގެ އިޝާރާތެއް އަދި ކޮށްފައެއް ނުވެ އެވެ.

ކުޗް ކުޗް ހޯތާ ހޭގެ ދެވަނަ ބައެއް އުފެއްދުމާއި މެދު ވިސްނާކަމަށް މީގެ ކުރިން ކަރަން ޖޯހަރު ބުނެފައިވާއިރު އޭނާގެ މިފިލްމުން ކާޖަލް އަދި ޝާހްގެ އިތުރުން ރާނީގެ ބަދަލުގައި ފެންނާނީ އާލިއާ ބަޓް އާއި ޖާންވީ ކަޕޫރުގެ އިތުރުން ރަންބީރު ކަޕޫރުކަމަށް އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް އެކަން ރަސްމީ ސިފައެއްގައި ކަރަން ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ނޫހަކުން ވަނީ މިފިލްމުގައި ފެނިގެންދާނެ ތަރިންނާއި ގުޅޭގޮތުން ކާޖަލްއާ ސުވާލުކޮށްފަ އެވެ. ކާޖަލްއާއި ރާނީ އަދި ޝާހުގެ ޖާދޫ ފިލްމުގެ ދެވަނަ ބައިން ފެނިގެންދާ ތަރިންނަށް ދައްކައިދެވޭނެތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ކާޖަލް ވަނީ އެތަރިންނަށް އެމީހުން ދައްކުވައިދިން ޖާދޫ އަލުން ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައިދޭ މިފިލްމަކީ ގިނަ އެވޯޑު ތަކެއްވެސް ހޯދި ފިލްމެކެވެ. ބެލުންތެރިންގެ ތައުރީފު އިންތިހާއަށް އޮހުނު އެފިލްމުގެ ސަބަބުން ކަރަން ޖޯހަރުގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރި އެވެ. އެގޮތުން މިއަދު އޭނާއަކީ ބޮލީވުޑުގައި އެންމެ ނަން ހިނގާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް