ads
ނުޒޫ އަދި ރިޗަޑް
ނުޒޫ ރިޗާޑް އާއި ކައިވެނި ކުރީ މިހެންވެ
ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި، އަދި މިހަރު ގިނަ ބެލުންތެރިންގެ މަޤްބޫލުކަށް ހޯދާފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި އަބްދުﷲ ޝަފީއު (ރިޗަޑް) އާއި ކައިވެނިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުއެވެ.
Advertisement

ރަށްޓެހިވިތާ މާގިނަ ދުވަހެއް ނުކޮށް ކައިވެނިކުރި މިދެމަފިރިންގެ ކައިވެންޏަށް މިހާރު އެއް އަހަރު ފުރިފައިވާއިރު، ނުޒޫ ވަނީ ބައިސްކޯފް ޝޯއަކަށް ނުޒޫ ރިޗާޑްއާއި ކައިވެނިކުރަން ނިންމި ސަބަބު ހިއްސާކޮށްފައެވެ. 

ނުޒޫ ބުނީ، ރިޗާޑް އޭނާގެ ފިރިއެއްގެ ގޮތުގައި ގަބޫލުކުރީ އެއްވެސް މީހަކު އަދި ނުޒޫ ގަބޫލުނުކުރާ ހިސާބަށް ރިޗާޑް ކަންތައް ކުރުމުން ކަމަށެވެ.

އިތުރަށް ތަފްސީލްކޮށްދެމުން ބުނެފައިވަނީ ނުޒޫ ރިޗާޑް ކައިރީގައި އޭނާ ފިރިއެެއްގެ ގައިގާ ހުންނަން ބޭނުންވާ ސިފަތައް ކިޔާދިނުމުން އެ ސިފަތައް ރިޗާޑްގެ ގައިގާ ހަރުލައްވަަން އޭނާ ދެދުވަސް ވެސް ނުނެގި ކަމަށެވެ. 

“ނުޒޫއަށް އެންމެ މުހިންމު ކަންތައްތަށް ނުޒޫ ރިޗާޑް ކައިރީ ބުނީ. ރިޗަޑްއަކަށް ނުނެގި ދެދުވަސްވެސް. ޔޫ ހަމަ ޗޭންޖްޑް ވަގުތުން” ނުޒޫ ކިޔައިދިނެވެ.


ނުޒޫ ބުނީ މީހަކު ޗޭންޖުވާން ކޮންމެހެން މާގިނަ ދުވަސްތަކެއް ބޭނުންނުވާނެކަމާއި، ބަދަލުވާން ބޭނުންވާނެ މީހަކު ވަގުތުން ބަދަލުވާނެކަން ނުޒޫއަށް ރިޗާޑްގެ ކިބައިން ދަސްވިކަމަށެވެ. 

ނުޒޫ ބުނީ ފުރަތަމަ އުޅުނީ މީހަކު ރަނގަޅު ކޮށްދެވިއްޖެއްޔާ އެއީ ވަރަށް ހެޔޮކަމަކަށް ވާނެކަމަށް ހީކޮށްގެން އެކަން ކުރެވޭތޯ ކަމަށާއި އެހެންނަމަވެސް ފަހުން ރިޗަޑަކީ ދޫކޮށްލާވަރުގެ މީހެއް ނޫންކަން އިހްސާސްވި ކަމަށެވެ. 

ނުޒޫ އަކީ މިހާރު ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސްތަރިންގެ ތެރޭގައި ގުނާލެވޭ ތަރިއެކެވެ. ދިވެހި ފިލްމު "ލީނާ" އާއި، "ބަވަތި" ގައި އަދި ކުޅޭ ކޮންމެ ފިލްމަކުން ދައްކުވައިދޭ ތަފާތު މޮޅު އެކްޓިން އިން ނުޒޫ ވެފައިވަނީ ފިލްމީދާއިރާގައި ހުނަރުވެރި މޮޅު ތަރިއަކަށެވެ.

43%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް