ads
ދީޕިކާ ޕަޑުކޯން--
ބޭނުންވަނީ ތިން ކުދިންގެ މަންމައަކަށް ވާން: ދީޕިކާ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން ވަނީ 2013 ވަނަ އަހަރު މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ކުރިއަށް އޮތް 10 އަހަރަށް އޭނާ ކުރާ އުންމީދުތައް ހިއްސާ ކޮށްފައިވެ.
Advertisement

އެ އިންޓަވިއުގައި ދީޕިކާ ބުނެފައިވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ތިން ކުދިންގެ މަންމައަކަށް ވާން ބޭނުންވާކަމަށެވެ.

އަދި އެ ކުދިން ގޮވައިގެން ފިލްމު ޝޫޓިންތަކަށް ދާން ބޭނުންވާ ކަމަށާއި ބޭނުމީ އުފާވެރި އާއިލާއެއް ކަމަށްވެސް ދީޕިކާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް އާ ދީޕިކާ ކައިވެނީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުއެވެ. ދީޕިކާ އަށް ރަންވީރުދެކެ ލޯބި ވެވުނީ އެ ދެމީހުން ކުޅުނު, ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި "ރާމް ލީލާ" ފިލްމުގެ ޝޫޓިންގެ ތެރެއިން ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ނަމަވެސް ރަންވީރު ބުނީ އޭނާ ދީޕިކާއާ އިންނަން ބޭނުންވެގެން ތިން އަހަރު މަޑުކުރި ކަމަށެވެ. މަޑުކުރީ ދީޕިކާ ކައިވެންޏަށް އާން ބަސް ބުނެ ތައްޔާރުވަންދެން ކަމަށްވެސް ރަންވީރު ވަނީ ބުނެފައެވެ.

ތިން ކުދިންގެ މަންމަ އަކަށް ވާން ބޭނުންވާކަމަށް ދީޕިކާ ބުނި އެ އިންޓަވިއުއަށް އަންނަ އަހަރު 10 އަހަރު ފުރޭ އިރު އަދި ދީޕިކާގެ އެއްވެސް ކުއްޖަކު ނުހުރެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް