ads
ރަވީނާ
މާމައަަކަށްވުމުން މީހުން ހީކުރަނީ އަހަރެން މުސްކުޅިވީކަމަށް
މަޝްހޫރު ފިލްމީ ތަރި ރަވީނާ ޓަންޑަންގެ އެންމެ ބޮޑު ދެދަރި ޕޫޖާ އަދި ޗައްޔާ ވަނީ ވަރަށް ފަހުން ވިހާފައެވެ. އެހެންކަމުން ރަވީނާ މިހާރު ވަނީ މާމަ އަކަށް ވެފައެވެ.
Advertisement

އެހެންނަމަވެސް ޕޫޖާ އަދި ޗައްޔާއަކީ ރަވީނާގެ އަސްލު ދަރިންނެއް ނޫނެވެ. އޭނާ އެދެކުދިން އެޑޮޕްޓުކޮށްފައިވަނީ ރަވީނާގެ އުމުރުން 21 އަހަރުގައެވެ. 

your imageރަވީނާ ޗައްޔާ އަދި ޕޫޖާއާއިއެކު

އުމުރުން 46 އަހަރުގައި މާމައަކަށް ވުމާއި ބެހޭގޮތުން ވާހަކަދައްކަމުން ރަވީނާ ބުނެފައިވަނީ “މާމަ އޭ ބުނީމަ އެންމެންވެސް ހީކުރަނީ 70 ނުވަތަ 80 އާއި ދެމެދުގެ އުމުރަކަށް އޭނާ ގޮސްފަ ހުރީ ކަމަށް “ ކަމަށެވެ. އެހެންނަމަވެސް އޭނާ އެދެކުދިން އެޑޮޕްްޓުކުރީ އޭނާގެ އުމުރުން 21 އަހަރުގައި ކަމަށާއި އެދެކުދިންގެ އުމުރުން 11 އަހަރުގައި ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު ދަރިފުޅާއި ރަވީނާ އާއި ދެމެދުގައިވެސް ހުންނަނީ 11 އަހަރުގެ ތަފާތުކަމަށް ރަވީނާ ބުނެއެވެ. 

your imageރަވީނާގެ ދެކުދިން އިށީދެގެން ޕޫޖާ އަދި ޗައްޔާ ކޮޅަށް——

ރަވީނާ، ޗައްޔާ އަދި ޕޫޖާ އެޑޮޕްޓުކުރީ 90ގެ އަހަރުތަކުގައެވެ. ރަވީނާ ބުނީ އޭރު އަބަދުވެސް މަންމަ އާއިއެކު ޔަތީމުކުދިން ބަލަހައްޓާ މަރުކަޒުތަކަށް ގޮސް އުޅޭ ކަމަށެވެ. އަދި އޭނާގެ ކަޒިންއެއް މަރުވުމުން ކަޒިންގެ ދެދަރިން (ޗައްޔާ އަދި ޕޫޖާ) މުޅިން އެކަނިވި ކަމަށް ރަވީނާ ބުނެފައިވެއެވެ. ރަވީނާ ބުނީ އެދެކުދިން ބަލަން ހަވާލުވެގެންތިބި މީހުން ޗައްޔާ އަދި ޕޫޖާ އާއި މެދު ކަންތައް ކުރާގޮތް އޭނާއަށް ކަމުނުދާތީ އޭނާ އެދެކުދިން އެޑޮޕްޓުކުރީ ކަމަށެވެ. 

ރަވީނާ ބުނީ އޭރު މާބޮޑަށް ނުވެސް ވިސްނާ ކަމަށާއި، އެ އިހުސާސްތައް އައީ “ނެޗުރަލީ” ކަމަށެވެ. 

ރަވީނާ ބުނީ އޭނާ އެދެކުދިން އެޑޮޕްޓުކުރުމުން މީހުންގެ ފާޑުކިޔުންތަކާއިވެސް ކުރިމަތިވި ކަމަށެވެ. އެގޮތުން ދެކުދިންގެ މަޔަކާއި އިންނާނީ ކާކުތޯ ބައެއް މީހުން ބުނާ ކަމަށް ރަވީނާ ބުނެފައިވެއެވެ. ރަވީނާ ބުނީ އޭނާ އޭރުވެސް އިންނަން އަހާ މީހެއް ކައިރީ ބުނަނީ ތިމަންނަ މި އަންނަނީ ތިމަންނަގެ ދެދަރިންނާއި ކުއްތާއާއިވެސް އެކުގައި ކަމަށާއި ބޭނުންވަންޏާ ހިފަންވީ ކަމަށް އެހެންނޫނީ ދާންވީ ކަމަށް ކަމަށެވެ. 

ރަވީނާއަށް މިހާރު ވަނީ ކައިވެންޏެއްކޮށް ދެދަރިންވެސް ލިބިފައެވެ. 

86%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް