ބުރާސްފަތި ދުވަހު ބީޓީއެސް ގެ އާ ލަވަ "ބަޓާ" ރިލީޒް ކުރި އިރު، އެއްގައިޑިއިރު ތެރޭ އެ ލަވައަށް ވަނީ 21 މިލިއަން ވިއުސް ލިބިފައެވެ.
މީގެ ކުރިން ބީޓީއެސްއިން މި ރިކޯޑު ގާއިމު ކޮށްފައިވަނީ އެ ގްރޫޕުން މިދިޔަ އަހަރު ރިލީޒް ކުރި ލަވަ "ޑައިނަމައިޓް" އާއެކު އެވެ.
ބޭރުގެ މުނިފޫހިފިލުވުމުގެ ހަބަރުތަކުން ބުނާ ގޮތުގައި، ޑައިނަމައިޓް ލަވަ އަށް ވުރެ އިތުރު 3.89 މިލިއަން ވިއުސް ބަޓާ ލަވަ ރިލީޒް ކުރުމާއެކު އެ ލަވައަށް ލިބިފައިވެއެވެ.
އެގޮތުން ދެ ދުވަސް ތެރޭ "ބަޓާ" އަށް ވަނީ ޔޫޓިއުބްގައި 150 މިލިއަން ވިއުސް ލިބިފައެވެ.