ads
ފްރީ ފަލަސްތީނު ހަރަކާތުގެ ތެރެއިން
މޯލްޑިވްސް ވިތް ފަލަސްތީނު ގްރޫޕު ފޭސްބުކުން ބޭން ކޮށްފި
ދިވެހިން ތިބީ ފަލަސްތީނާއެކުކަން އަންގައިދީ، އިޒްޒޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ދިވެހި ޒުވާނުންތަކެއް ފޭސްބުކްގައި ހިންގަމުން އައި "މޯލްޑިވްސް ވިތް ފަލަސްތީނު" ގްރޫޕު ފޭސްބުކުން ބޭން ކޮށްފި އެވެ.
Advertisement

އެ ގްރޫޕުގައި 50،000 އާއި ގާތް ކުރާ އަދަދަކަށް މެމްބަރުން ތިއްބާ ފޭސްބުކުން އެ ގްރޫޕު ބޭން ކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން އަންނައިރު، ފަލަސްތީނަށް ތާއީދުކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވާހަކަދެއްކި ބައެއް މީހުންގެ ފޭސްބުކް އެކައުންޓު ޑިސްއޭބަލް ކޮށްފައިވާކަމަށްވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

މިހާރު މި ފޭސްބުކް ގްރޫޕް ރިކަވާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މި ޮޭޖުގެ އެޑްމިން ގްރޫޕުން ބުނެއެވެ. 

މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް ވާހަކަ ދައްކަމުން އަންނަ މީހުންގެ ޕޯސްޓުތައް ރިމޫވް ކުރުމާއި، އެމީހުންގެ އެކައުންޓު އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ސަސްޕެންޑު ކުރުމުގެ އެކި މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތައް އީދު ދުވަހު ވެސް ކުރިއަށް ދިޔައެވެ. އަދި ހަމަލާ ދޭން ފެށިތާ 11 ދުވަސް ފަހުން ވަނީ އިޒްރޭލާއި ހަމާސް އާއި ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ މި އެއްބަސްވުމާ ހިލާފުވެ، އިޒްރޭޅުގެ ފުލުހުން އަލް އަގްސާ މިސްކިތަށް ވަދެ ކަރުނަ ގޭސް ޖަހާފައެވެ. 

އިޒްރޭލުން ފަލަސްތީނަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 232 މީހުން ޝަހީދުވެފަވާއިރު އޭގެތެރޭގައި 65 ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުން މަރުވިއިރު އޭގެތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނެވެ. އިޒްރާއީލުގެ ރަހުމެއް ނެތް ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޒަހަމުވެ، އެތައް ބައެއްގެ ގެދޮރު ނެތި ގޮސް، މަގުމަތިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް