ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ
ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމު ކުރަން ނިންމައިފި
ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓިން ފެސިލިޓީ ގާއިމު ކުރަން ނިންމައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ލ. އަތޮޅު، ގދ. އަތޮޅު، ރ. އަތޮޅު އަދި ޅ. އަތޮޅުގައި ޕީސީއާރު ޓެސްޓިން ފެސިލިޓީތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

އެގޮތުން މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ޓެސްޓިންގް ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މި ހަތަރު އަތޮޅުގައި ޕީސީއާރު ޓެސްޓިންގް ފެސިލިޓީތަކެއް ހެދުމުގެ ގޮތުން، ލެބޯޓްރީގައި މަސައްކަތް ކުރާ މީހުން ތަމްރީނު ކުރުމަށް އެމީހުންގެ ނަން ފޮނުވުމަށް ހެލްތް މިނިސްޓްރީން އަންގާފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މީގެ އިތުރުން ކޮންމެ އަތޮޅެއްގައި، އަތޮޅު ލެވެލްގެ ޓާސްކް ފޯސްތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން އަލަށް ހޮވުނު ކައުންސިލްތަކާއި، މެޑިކަލް ޕްރޮފެޝަނަލް އަދި ސަރުކާރުން ގުޅިގެން އަތޮޅުގެ ކަންކަން ބެލުމަށް ޓާސްކް ފޯހެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަން ކުރުމަށް މިހާރު އެޗްއީއޯސީގެ ފަރާތުން ހުރިހާ ކައުންސިލްތަކަކާ ބައްދަލުކޮށްފައިވާނެ ކަމަށާއި، ކޭސްތައް މެނޭޖު ކުރާނެ ގޮތާއި، އަދި މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި، އެކްޓިވް ކޭސްތައް ހުރި ރަށްރަށުގައި ފިޔަވަޅު އެޅުމަށް އެޗްޕީއޭއާއި ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ، ކޭސްތައް ގިނަވެ އެޗްއީއޯސީގެ މަސައްކަތްތައް ފުޅާވަމުން އަންނަ މިދަނޑިވަޅުގައި ހައި ލެވަލް އެންގޭޖްމަންޓެއްގެ ގޮތުގައި ބޭއްވުމަށް މިނިސްޓަރުން އެކުލެވޭ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ޓާސްކް ފޯހުން އެޗްއީއޯސީން ކުރާ މަސައްކަތްތަކުގައި އެހީތެރިވާނެ ކަމަށާއި، މަސައްކަތްތައް ފުޅާ ކުރުމުގައި ދޭން ޖެހޭ ސަޕޯޓު ދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް