ads
ރާއްޖެ ޓީވީ -- ފޮޓޯ:ސަން
މިހާރު ނޫހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެޓީވީން ދީފި
މިހާރު ނޫހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެޓީވީން ދީފި އެވެ.
މިހާރު ނޫހަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ރާއްޖެޓީވީން ދީފި އެވެ.

ރާއްޖެ ޓީވީން މިފަދަ އިންޒާރެއް ދީފައި މިވަނީ ރާއްޖެޓީވީގެ ދެ މުވައްޒިފުން ވަޒީފާއިން ވަކިކުރުމުން މިހާރު ނޫހުން ލިޔެފައިވާ ހަބަރަކާ ގުޅިގެންނެވެ.

މިހާރު ނޫހުގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ މެންބަރުންނާ ބައްދަލުކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ ސީނިއާ ވީޑިއޯ ޖާނަލިސްޓު ތަހާރަތު ވަހީދު (ތަހާ) އަދި ވީޑިއޯ ޗާނަލިސްޓް ހައްވާ މުހައްމަދެވެ.

މިމައްސަލައިގައި މިހާރު ނޫހަށް ދިން އިންޓަވިއުއެއްގައި ތަހާރަތު ބުނެފައިވަނީ އޭސީސީގެ މެމްބަރުންނާ ބައްދަލުކުރަން ދިޔައީ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރަށް އަންގާ ހުއްދަ ހޯދާ، ހަބަރަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމަށް ކަމަށެވެ. ނަމަވެސް ބައްދަލުވުމަށް ފަހު އޮފީހަށް ދިއުމުން، ސަސްޕެންޝަންގެ ސިޓީ ދީފައިވާ ކަމަށެވެ.

ސަސްޕެންޑް ކޮށްފައިވަނީ ޑިއުޓީ ގަޑީގައި އެތަނުގެ އިސްވެރިންނަށް ނޭނގި އޭސީސީގެ މެމްބަރުންނާ ބައްދަލުވުމެއް ހަމަޖައްސާ ވާތީ ކަމަށާއި އޮފީހުގެ އިތުރު މުވައްޒަފަކު ގޮވައިގެން އޮފީހުގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް އެ ބައްދަލުވުމަށް ދިއުމުން ކަމަށްވެސް ތަހާރަތު ބުނެފައިވާ ކަމަށް މިހާރު ނޫހުގައި ރިޕޯޓު ކޮށްފައިވެ އެވެ.

މީގެއިތުރުން ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށްވެސް ތަހާރަތު ބުނެފައިވާ ކަމަށް މިހާރު ނޫހުން ވަނީ ބުނެފަ އެވެ.

މިހާރު ނޫހުގެ ޚަބަރާ ގުޅިގެން ރާއްޖެޓީވީން ބުނީ އޭސީސީގެ މެންބަރުންނާ ބައްދަލުކޮށްގެން ރާއްޖެޓީވީގެ އެއްވެސް ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި މާނަ ދޭހަވާ ގޮތައް "މިހާރު" ނޫހުން ފަތުރަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށްވެސް ރާއްޖެޓީވީން ވަނީ ބުނެފަ އެވެ.

"ޒިންމާދާރު ކަމެއް ނެތި ކަމުގެ ހަގީގަތް ރަނގަޅަށް ނުބަލާ ފެތުރި މި ހަބަރާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް މި ސްޓޭޝަނުން އަޅާނަން" ރާއްޖޭޓީވީން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވެ އެވެ.




ސީއެންއެމް އިން ރާއްޖެޓީވީއަށް ގުޅާ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން އެދުމުން ރާއްޖެ ޓީވީން ބުނީ ދެ މުވައްޒަފުންގެ މައްސަލައިގައި ރާއްޖެޓީވީގެ ފަރާތުން ވާހަކަ ދައްކާނީ އެތަނުގެ ގާނޫނީ ވަކީލް ކަމަށެވެ. ސީއެންއެމް އިން ރާއްޖެ ޓީވީގެ ގާނޫނީ ވަކީލަށް ގުޅި ނަމަވެސް އޭނާ ފޯން ނުނަންގަވާތީ މިމައްސަލައިގައި ވަކީލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް