ads
ވޯޓުލާން ގޮސް ތިބި ބައެއް:
އިންތިހާބީ ޝަކުވާގެ ހުރިހާ މައްސަލައެއް ނިންމާ ހުކުމްކޮށްފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2020 އާ ގުޅިގެން ހުށަހެޅުނު އިންތިހާބީ ޝަކުވާގެ ހުރިހާ މައްސަލައެއް ހުކުމްކޮށް ނިމިއްޖެ އެވެ.

އިންތިހާބީ ޝަކުވާގެ 18 މައްސަލަ ހައިކޯޓަށް ހުށަހެޅުނު އިރު، ހައިކޯޓަށް ބަލައިގެންފައިވަނީ އޭގެތެރެއިން ހަތް މައްސަލައެވެ.

ހައިކޯޓަށް ބަލައިގަނެފައިވާ އިންތިހާބީ ޝަކުވާގެ މައްސަލަތަކަކީ ހއ. ފިއްލަދޫ، ށ. ބިލައްފަހި، ކ. ތުލުސްދޫ، ތ. ކަނޑޫދޫ، ލ. މާބައިދޫ، ގއ. ކޮނޑޭ އަދި ލ. މާވަށުގެ އިންތިހާބާ ގުޅޭ މައްސަލަތަކެވެ. މި ހުރިހާ މައްސަލައެއްވެސް މިހާރުވަނީ ނިމިފައެވެ.

މީގެތެރެއިން ކޮނޑޭ ކައުންސިލް ފިޔަވައި ބާކީ ހުރިހާ ރަށެއްގެ އިންތިހާބީ ޝަކުވާތަށް ބެލުމަށްފަހު ހައިކޯޓުން ހުކުމްކޮށްފައިވަނީ ސާބިތުނުވާ ކަމަށާއި ވޯޓު އަލުން ގުނަންނުޖެހޭ ކަމަށެވެ. 

ނަމަވެސް ސައްހަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި އަދި ބާތިލު ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ބުނެ ކޮނޑޭ ކައުންސިލްގެ ވޯޓާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ ވޯޓު އަލުން ގުނަން ވަނީ ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިއަދު އެކޯޓުން ކުރި ހުކުމުގަައި ބުނެފައިވަނީ  ކޮނޑޭ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓުނު، ތިން ވޯޓުފޮށީގެ ވެސް ހާއްސަ ސެކިއުރިޓީއުރަ ކަނޑައި، އެ ވޯޓުފޮށިތަކުގެ އެންމެހައި ވޯޓެއް ގުނާ، އަލުން ނަތީޖާ ކަނޑައެޅުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާކަމަށެވެ.

އެ އަމުރާއިއެކު ކޮނޑޭ ކައުންސިލްގެ ވޯޓު އަލުން ގުނުމަށް ސިޓީއުރަ ކެނޑުން އޮންނާނީ މާދަމާ ހެނދުނު 10:00ގައި އިންތިހާބާއި ބެހޭ މަރުކަޒުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް