ads
ފަސްޓްލޭޑީ، ޕީޕީއީ ކިޓްގައި
ފަސްޓްލޭޑީ ފަޒުނާ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަ ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ހުޅުމާލޭ މެޑިކަލް ފަސިލިޓީގައި ކޮވިޑު ބަލީގެ މީހުންނަށް އެހީވުމަށް ވޮލަންޓިއަ ކުރައްވަން ފައްޓަވައިފި އެވެ.
Advertisement

ރާއްޖޭގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެ ވޮލެންޓިއަރުން ހޯދަން ހެލްތް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެއާއެކު މެޑަމް ފަޒުނާ ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ވޮލަންޓިއަ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރައްވައި ފުރުސަތު ދެއްވައިފިނަމަ ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މެޑަމް ފަޒުނާގެ އުފަންދުވަހާ ގުޅިގެން އެކަމަނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޗީފް ގައިޑް މެޑަމް ފަޒުނާ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަ ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. އަދި އެކަމަނާއަކީ ޅަ ޒުވާނުންނަށް، އަދި ވަކިން ހާއްސަކޮށް އަންހެން ކަނބަލުންނަށް ނަމޫނާއެއް ކަމަށް ގާލްސް ގައިޑް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ލޮކްޑައުން ކުރި ދުވަސްވަރު ވެސް މެޑަމް ފަޒުނާ ވަނީ ވޮލަންޓިއަކޮށް ބައެއް މަސައްކަތްތަކުގައި އަމަލީގޮތުން އުޅުއްވާފައެވެ.

ކޮވިޑްގެ މިހާލަތުގައި އެެޗްޕީއޭއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޮލެންޓިއަ ކުރުމަށް ތައްޔާރަށް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައީބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވަނީ ވިދާޅުވެފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް