ads
ކޮވިޑް 19 ޖެހުނު މީހަކު ވަޅުލަނީ!
ކޮވިޑުގައި މިއަދު ހިންނަވަރުން 87 އަހަރުގެ މީހަކު މަރުވެއްޖެ
ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 135 އަށް އަރާފަ
މިމަހު މަރުވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައި
ކޮވިޑުގައި މިއަދު ޅ. ހިންނަވަރުން އުމުރުން 87 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ހިންނަވަރު ކައުންސިލް ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ މިއަދު މަރުވެފައިވަނީ ވަނީ އުމުރުން 87 އަހަރުގެ ފިރިހެނެއްކަމަށެވެ.

މިއަދު މިއަދު މިހާތަަނަށް މިބަލީގައި މަރުވި ހަ ވަނަ މީހާ އެވެ.

މިއަދު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ހަތަރު މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ރޭ 02:02 ހާއިރު އައިޖީއެމްއެޗް އީއާރަށް ގެނެވުނު މީހަކުވެސް މަރުވެފައިވެއެވެ. އެމީހާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.  

މިއާއެކު ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 136 އަށް އަރާފައެވެ. އަދި މިއާއެކު ރާއްޖެއިން މިމަހު މަރުވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ.

އިއްޔެވެސް ރާއްޖޭގައި ޖުމްލަ ހަ މީހަކު ވަނީ ކޮވިޑު ބަލީގައި މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް