ads
ޅ. ހިންނަވަރު--
ހިންނަވަރުން ކޮވިޑުގައި މިއަދު މަރުވީ ކުރީގެ ގާޒީއެއް
ހިންނަވަރުން މިއަދު މަރުވެފައިވަނީ ކުރީގަ ގާޒީކަން ކޮށްފައިވާ މޫސާ ހަސަން އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފީ ވިދާޅުވި ގޮތުގައި މިއަދު ހިންނަވަރުން މަރުވި 87 އަހަރުގެ މޫސާ ހަސަން އަކީ ކޮވިޑް ޖެހުމުގެ ކުރިން ވެސް ވަރަށް ބަލިކޮށް އުޅެމުންއައި މީހެކެވެ. އެގޮތުން އޭނާއަކީ ކޮވިޑް ޖެހުމުގެ ކުރިންވެސް މުސްކުޅި ބަލީގެ ސަބަބުން ބަލިއެނދުގައި ބާއްވައިގެން ފަރުވާދެމުން އައި މީހެއް ކަމަށްވެސް ޝާފީ ފާހަގަކުރެއްވި އެވެ. 

ކޮވިޑު ޖެހިގެން އިތުރަށް އެމީހާގެ ހާލަތު ގޯސްވުމުގެ ސަބަބުން ބ. އަތޮޅު ފެސިލިޓީއަށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ބަލިމީހާގެ ހާލު ސްޓޭބަލް ނުވުމުގެ ސަބަބުން ފެސިލިޓީއަށް ބަދަލު ކުރެވޭގޮތް ވެފައިނުވާ ކަމަށް ވެސް ޝާފީ ވިދާޅުވިއެވެ. 

އެމީހާ މަރުވެފައިވަނީ ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މިހާރު އޭނާ ވަޅުލުމުގެ ކަންތައް ކުރިއަށްދާ ކަމަށްވެސް ޝާފީ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް