ރ. ވާދޫ އާއި ލ. ކަލައިދޫގައި މިސްކިތެއް އިމާރާތް ކުރަން އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

Advertisement
ރ. ވާދޫ އާއި ލ. ކަލައިދޫގައި މިސްކިތެއް އިމާރާތް ކުރަން އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެސްކޮންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝައުކަތު އަހުމަދު ދީދީ އެވެ.
ވާދޫ މިސްކިތުގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާ ހަވާލުކުރީ 4.46 މިލިއަން ރުފިޔާ އަށެވެ. އަދި ކަލައިދޫގެ މިސްކިތުގެ މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ ފަސް މިލިއަން ރުފިޔާ އެވެ.
އާބާދީގައި 600 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ވާދޫގައި މިވަގުތު ނަމާދުކުރަމުން އަންނަނީ އެންމެ މިސްކިތެއްގަ އެވެ.