ads
ގާސިމް އާއި ނަހުލާ--- ފޮޓޯ: ސަން
އައިޝާއާ ގާސިމް އެންމެ ފުތަމަ ދިމާވީ ކޮންތާކުންކަން އެނގޭތަ؟
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ކައިވެންޏަށް މިހާރު ވަނީ ގިނަ އަހަރުތަކެއް ވެގެން ގޮސްފައެވެ.

ގާސިމުގެ ދެ ކަނބަލުންނަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައިވެސް ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޖޯޑެކެވެ.

އެގޮތުން މިނިސްޓަރު ނަހުލާ ވަނީ ރާއްޖޭގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ޒަވާޖީ ހަޔާތާ ބެހޭގޮތުން ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ނަހުލާ ވިދާޅުވީ ގާސިމްއާ ފުރަތަމަ ދިމާވީ ގާސިމުގެ ކުންފުނި ކަމުގައިވާ "ވިލާ" ގެ ކުރީގެ އޮފީހުން ކަމަށެވެ. އަދި އެ ދުވަހަކީ ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ދުވަހެއް ކަަމަށް ވިދާޅުވިއެެވެ.

ނަހުލާ ވިދާޅުވީ ގާސިމް އާ ދެބޭފުޅުންގެ ހުރި އުމުރުގެ ތަފާތާއެކުވެސް އެހާ ހަމަޖެހިގެން އުޅެވެނީ ގާސިމަކީ ވަރަށް އަންޑަސްޓޭންޑިން މީހަކަށް ވާތީ ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައިވެސް ގާސިމު ނަހުލާގެ ހިޔާލު ހޯއްދަވާކަމަށް ވިދާޅުވިއެވެ.

ނަހުލާއާއި ގާސިމްގެ ކައިވެންޏަށް މިހާރު 14 އަހަރު ވެފައިވާއިރު އެ ކައިވެންޏަށް ހަ ބޭފުޅުންވެސް ލިބިފައި އެބަތިއްބެވެ. މިނިސްޓަރު ނަހުލާގެ އިތުރުންވެސް ގާސިމުގެ ތިން އަނބިން ތިބެއެވެ.

43%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް