ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައިލް-
އެލެވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު އާންމުކުރެވުމުން ފައްޔާޒު މާފަށް އެދިއްޖެ
އިންކަމް ސަޕޯޓު އެލަވެންސް ލިބުނު މީހުންގެ ލިސްޓު އާންމުކުރި އިރު އެމީހުންގެ ޒާތީ މައުލޫމާތުތައް ފެންނަ ގޮތައް ލިސްޓު އާންމުކުރެވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މާފަށް އެދިވަޑައިގެންފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާތީ އެ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 5،000 ރުފިޔާ ސަރުކާރުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

އިންކަމް ސަޕޯޓު އެލަވެންސް ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރާތީ އެކަމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ގިނަ ބަޔަކު ތުހުމަތުކުރަންފެށުމުން ރޭ މިނިސްޓަރު ފައްޔާޒު ވަނީ އެ ލިސްޓު އާންމުކުރައްވައި ޓުވީޓު ކުރައްވާފައެވެ. އެ ލިސްޓުގައި އިންކަމް ސަޕޯޓު އެލަވެންސް ލިބުނު މީހުންގެ އައިޑީކާޑް ނަމްބަރާއި ރަށާއި އެޑްރެހާއި ވަޒީފާ އަދާކުރަމުން އަންނަ ތަނާއި، މުސާރައާއި މަގާމު އަދި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި އެމީހަކަށް ދިން ފައިސާގެ އަދަދު ވެސް ހިމަނާފައިވެއެވެ. 

އެގޮތަށް ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހާމަކުރުމުން މިނިސްޓަރު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެފަދަ ގޮތަކަށް ޒާތީ މައުލޫމާތު އާންމުކުރުމުން އެހެން ފަރާތްތަކުން އައިޑީކާޑު ނަންބަރު ބޭނުންކުރުންފަދަ ކަމެއް ވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ މައުލޫމާތުތައް އުނިނުކޮށް ލިސްޓު އާންމުކުރެވުނީ އޮޅުމަކުން ކަމަށާއި އެކަން ރަނގަޅު ކުރާނެ ކަމަށެވެ. އަދި ބައެއްގެ އެފަދަ ޒާތީ މައުލޫމާތު އާންމުކުރެވުނީތީ މިނިސްޓަރު ފައްޔާޒު ވަނީ މާފަށް އެދިފައެވެ.

އިންކަމް ސަޕޯޓު އެލަވެންސް ލިބޭ ފަރާތްތަކުގެ ލިސްޓު މިނިސްޓަރު ފައްޔާޒު އާންމުކޮށްފައިވާއިރު، އެ ފަރާތްތަކުގެ ލިސްޓު އާންމު ނުކުރާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް