ads
ރައީސް ސާލިހު ނިލަންދެ އަތޮޅު ދެކުނުބުރިއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިލަންދެ އަތޮޅު ދެކުނުބުރިއަށް (ދ) އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިލަންދެ އަތޮޅު ދެކުނުބުރިއަށް (ދ) އަތޮޅަށް ވަޑައިގެންފިއެވެ.

މި ދަތުރު ފުޅުގައި އެންމެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަތީ އެ އަތޮޅު ހުޅުދެއްޔަށެވެ،

ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދ. ހުޅުދެއްޔާ ކުޑަހުވަދޫއަށް ޒިޔާރަތްކުރައްވައި އެ ދެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި ދ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ. އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިއަދު ހަވީރު ރައީސް ސާލިހު ވަނީ ވަޑައިގެންފައެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ކުޑަހުވަދޫ އަށް ކުރައްވާ މިދަތުރުފުޅުގައި ދ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ އެހެން ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް މިރޭ ކުޑަހުވަދޫ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހެނދުނު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް