ads
ލ. ގަން-- ތޮއްޓޭ ފޮޓޯގްރާފީ--
އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކާފިއު ވަގުތު ހަވީރު 4އިން ފަތިހު 4އަކަށް
ކޮވިޑް-19 އިން ރައްހާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަތޮޅު ތެރޭގައި މޮނީޓާރިންގެ ހާލަތުގައިވާ ރަށްރަށުގައި ކާފިއު އިއުލާނު ކޮށްފައިވާއިރު، އެތަނުން ބައެއް ރަށްރަށުގެ ކާފިއު ވަގުތު އިތުރު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. ގަން، ގދ. ތިނަދޫ، ގއ. ދާންދޫ، އދ. މާމިގިލި، ފ. ނިލަންދޫ އަދި ފ. ފީއަލީގައި ކާފިއު ވަގުތު ހަވީރު 04:00 އިން ފަތިހު 04:00 އަށް ކަނޑައާޅާ ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މި ރަށްރަށުގައި ހަވީރު 04:00 އިން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާ ވާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް މި ވަގުތުތަކުގައި މި ރަށްރަށުގެ ވިޔަފާރިތަކަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް މި އެންގުމުގައި ބުނެފައިވެއެވެ. 

ނަމަވެސް މި ރަށްރަށުގައި އުޅޭ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތްދޭ ދާއިރާގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދުފަހަރު، އެމްބިއުލަންސް، އެ ރަށްރަށުގެ ޓާސްކްފޯހުގެ ފާސް ލިބިފައިވާ މީހުން އަދި އެމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުން މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ރާއްޖޭގައި ކޮވިޑުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުން އަންނައިރު، ސަރުކާރުން ވަނީ މާލެ ސަރަހައްދުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް