ads
ރައީސް ސޯލިހް
ކަރަންޓު އަދި ފެންބިލުތަކުން ޑިސްކައުންޓު ދޭން ނިންމައިފި
ކަރަންޓު އަދި ފެންބިލުތަކުން ޑިސްކައުންޓު ދޭން ނިންމައިފި އެވެ
Advertisement

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބަައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގަައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް ދެވޭނެ ކަމަށެވެ. އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެެ.

މީގެއިތުރުން ވިޔަފާރިކުރާ ތަންތަނުގެ ކަަރަންޓު އަދި ފެންބިލުންވެސް 20 އިންސައްތަ ޑިސްކައުންޓެއް ދޭން ނިންމާފަައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ގޭބިސީތަކާއި، ވިޔަފާރިތަކުން ފެން އަދި ކަރަންޓު ބިލަށް ޑިސްކައުންޓު ދޭން ރައީސް ނިންމަވާފައިމިވަނީ، މާލޭ ސިޓީގައި ކާފިއު ހިންގަންފެށުމާއިއެކު ގިނަ ބަޔަކު ގޭގައި ތިބެންޖެހުމުން ކަރަންޓު އަދި ފެންބިލު ބޮޑުވާ މައްސަލައަށް ލުއެއް ހޯދައިދިނުމަށް ބިލުތަކުން ކޮންމެވެސް ވަރެއްގެ ޑިސްކައުންޓެއް ދިނުމަށް ރައީސް ސޯލިހްއަށް މާލޭ ސިޓީ މޭޔަރު ޑރ. މުއިއްޒު ގޮވާލައްވާފައި ވަނިކޮށެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް