ads
މަޖީދިއްޔާ ސްކޫލް ދަރިވަރުންތަކެއް
އަންނަ ދިރާސީ އަހަރަށް ކުދިން ސްކޫލުތަކަށް ވައްދަން ހުޅުވައިލައިފި
އަންނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން ފޯމު ހުށައަޅަން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ދަރިވަރުން ސަރުކާރު ސްކޫލަށް ވައްދަން އެދޭ ފޯމް އެ މިނިސްޓްރީގެ ވެބައިސައިޓުން މިހާރު ލިބެން ހުންނާނެކަަމަށެވެ. އަދި ސަރުކާރު ހުރިހާ ސްކޫލްތަކަށް ކުދިން ވައްދާނީ އޮންލައިން ފޯމް މެދުވެރިކޮށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ސްކޫލުތަކަށް އެލް.ކޭ.ޖީ އަދި ގްރޭޑް 1 ށް ކުދިން ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަސްކަމަށެވެ.

ފޯމު ހުށަހަޅާއިރު ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑުރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑުރެހާއި ފޯނު ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރާނެ ކަމަށާއި, އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރާނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިހާރު ހިގަމުން އަންނަ ދީރާސީ އަހަރު ނިމޭނީ އަންނަ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ދީރާސީ އާ އަހަރު ފެށޭނީ 12 ޖެނުއަރީ 2027 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;