ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ކ. ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖުތިމާއީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 100 މީހުންގެ ޖާގައިގެ މަރުކަޒެއްކަމަށް ސޯޝަލް މިނިސްޓްރީން ބުނެއެވެ. އެ މަރުކަޒު ހަދަން އެމްޓީސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ހަދަން އެެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއާ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެގޮތުން، ކ.ތުލުސްދޫގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ މިއަދު ހަވާލުކުރެވިފައިވާއިރު، 25 ޖޫން 2026 ވަނަ ދުވަހު ށ. ފުނަދޫ "އޭޖްޑް ކެއާ ސެންޓަރު" ގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ "އޭޖްޑް ކެއާ ސެންޓަރު" (ދެކުނުގެ މަރުކަޒު) ގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ލިޓަސް އޮޓޯމޮބައިލްސްއާ ވަނީ ހަވާލުކޮށްފައެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، އިސްރަށްވެހިންގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުންކަމަށް އިޖުތިމާއި މިނިސްޓްރީން ބުނެއެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭކަމަށްވެސް ސޯޝަލް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;