ads
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ
އިންޑިޔާ- ފިލިޕީންސް އެކުވެރިކަމުގެ މެޗެއް
ވޯލްޑްކަޕް އަދި އޭޝިއަންކަޕް ކޮލިފައިންގައި ކުޅެން ޖެހޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާއާ ފިލިޕީންސް އިން އެކުވެރިކަމުގެ މެޗެއް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިޔާއާ ފިލިޕީންސް އެކުވެރިކަމުގެ މެޗަކަށް ތައްޔާރުވަމުން އަންނައިރު، ފިލިޕީންސް އަކީ، އަންނަ މަހު ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭނެ އެއް ޓީމެވެ. ރާއްޖެއާ ފިލިޕީންސް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހުއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިޔާއާ ފިލިޕީންސް ކުޅޭ މެޗު އޮންނާނީ ގަތަރުގައެވެ. އިންޑިޔާއިން މިހާރު އަންނަނީ ގަތަރުގައި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި މި މެޗު ކުޅޭނީ އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވައްދައެވެ. އަދި އެއްވެސް ޓީވީއަކުން ވެސް މެޗު ނުދައްކާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މެޗުގެ ކަވަރޭޖު ނުހަދަނީ، އެއީ ފީފާގެ ރަސްމީ ތާރީހެއްގައި ކުޅޭ މެޗެއް ކަމުގައި ނުވާތީއެވެ. މެޗު ކުޅޭނެ ރަސްމީ ތާރީހު އަދި ފައިނަލް ވެފައި ނުވިނަމަވެސް މެޗު ކުޅޭނެކަން ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް