ads
ޕްރިޔަންކާ އަދި ނިކް
ޕްރިޔަންކާގެ ކާމިޔާބު ކައިވެނީގެ ސިއްރު އޭނާ ހާމަކޮށްފި
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ވަނީ އޭނާއަށް ވުރެ 10 އަހަރު ހަގު އުމުރުން 28 އަހަރުގެ ހޮލީވުޑް މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ދިމާވެ ކައިވެނިކޮށްފަ އެވެ.

އެހެންނަމަވެސް ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނާގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ. 

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށީވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

އެގޮތުން މިހާރު މިދެމީހުންގެ ކައިވެންޏަށް 2 އަހަރު ފުރިފައިވާއިރު ޕްރިޔަންކާ ވަނީ  ވޯގިއު އޮސްޓްރޭލިއާ ޓައިޓަލް “ސީކްރެޓް ބިހައިންޑް” ގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ޕްްރިޔަންކާ އަދި ނިކްްގެ ކައިވެނީގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ޕްރިޔަންކާ ބުނެފައިވަނީ އަދި ކައިވެންޏަށް ވީ 2 އަހަރު ކަމުން މާބޮޑު އެއްޗެއް ބުނަން ނޭގޭ ކަމަށާއި އެހެންނަމަވެސް އެއީ “ކޮންވަޒޭޝަން” ނުވަތަ އެކަކު އަނެކަކާއި ވާހަކަތައް ހިއްސާކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ޕްރިޔަންކާ ބުނީ އެކަކު އަނެކަކާއި ކޮންމެ ކަމެއްގައިވެސް ވާހަކަދެކެވި، ވާހަކަތައް ހިއްސާކޮށް، އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވުމަކީ ކައިވެންޏެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގެ އަޖައިބެއްފަދަ ސިއްރެއްކަމަށެވެ.

ޕްރިޔަންކާ ވަނީ އޭނާގެ އުފާވެރި ކަމުގެ ސިއްރާއި ބެހޭގޮތުން ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނީ އުފާވެރިކަމުގެ ސިއްރަކީ ލޯބިވާ މީހުންނާއި އާއިލާ އަދި އެންމެ ގާތް އޭނާ ވެލިޔުކުރާ ރަށްޓެހިންނާއިއެކު ވަގުތުތައް ހޭދަކުރުން ކަމަށެވެ.

ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ. މިސް އިންޑިއާގެ ލަގަބު ކާމިޔާބުކޮށް ޕްރިޔަންކާ ބޮލީވުޑަށް ނިކުތްތާ މިހާރު 20 އަހަރު ވެފައި ވާއިރު، އޭނާ ދަނީ ހޮލީވުޑްގައި ވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް