ads
ޑރ.އަހުމަދު ފައިސަލް
2 ހަފްތާއަށް ވައިރަސް ފެތުރުން ހުއްޓުވިއްޖެނަމަ، ބަލި ކޮންޓްރޯލް ކުރެވޭނެ: ޑރ. ފައިސަލް
ކޮރޯނާ ވައިރަސް ހަށިގަނޑުގައި އުޅެނީ ދެ ހަފްތާއަށް ކަމަށާއި ދެހަފްތާއަށް ވައިރަސް ފެތުރުން ހުއްޓުވިއްޖެނަމަ ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއަށް ރަނގަޅަށް ބަލި ފެތުރުން ހުއްޓުވިއްޖެނަމަ ރާއްޖޭގައި އުޅޭ ވައިރަސްތައް މަރުވާނެ ކަމަށެވެ.

"ދިވެހިންނާއި ފަތުރުވެރިންގެ ހުރިހާ ނޭފަތާ، އަނގަ، ރަނގަޅަށް ބަންދުކޮށް، ވައިރަސްތައް ނިކުމެގެން އެހެން މީހަކަށް ނުދާނެގޮތް އަދި ވަންނާނެގޮތް ދެ ހަފްތާ ވަންދެން ހަދައިފިނަމަ ރާއްޖޭގައި އުޅޭ ވައިރަސްތައް މަރުވާނެ" ޑރ. ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުން އިތުރުވެ، މާލޭގެ އިތުރުން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މިއާއެކު ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ހިންގަމުންދިޔަ ކާފިއު ހަރުކަށިކޮށް 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ހަވީރު 16:00 ފެށިގެން ހެނދުނު 8:00 އަށް ކާފިއުގެ ވަގުތު އިތުރު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތު ތަކުގައިވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ވިޔަސް ބޭރަށް ނުކުމެ އުޅެވޭނީ ފާހެއް އޮވެގެންނެވެ. މި ފާސް ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް ދެ ފާހެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް