ads
ނިކް
ނިކްގެ ބޮލުގަައި އިން ލިޕްސިޓިކް ނިޝާނުގެ ހަގީގަތް މިއޮތީ
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ އާއި ހޮލީވުޑް މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏަށް މިހާރު ވަނީ ދެ އަހަރު ފުރިފައެވެ
Advertisement

މިދެމީހުން އަބަދުވެސް ފެންނަނީ ވަރަށް ލޯބި ކަޕްލްއެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިފަހުން ނިކްގެ ބޮލުގައި އިން ލިޕްސްޓިކްގެ ނިޝާނެއް ފެންނަ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ.

މިިފޮޓޯއާއިއެކު ގިނަ ބަޔަކު ބުނެފައިވަނީ، ނިކް ޕްރިޔަންކާއަށް ޗީޓް ކުރަނީ ކަމަށެވެ. އަދި ނިކް އަކީ ޕްރިޔަންކާއަށްވުރެ 10 އަހަރު ހަގު މީހަކަށް ވުމުން ޒުވާންކުދިން ހޯދުމުގެ ޝައުގުވެރިކަން ނިކްގެ ހުންނާނެކަމަށް ބުނެ މީގެ ކުރިންވެސް އަމާޒުވި ފާޑުކިޔުންތައް އެ ޕޮޓޯއާއިއެކު ވަަނީ އަމާޒުވެފައެވެ. 

އެންމެ ފަހުން މިއަދު ޕްރިޔަންކާ މިވަނީ އެ ފޮޓޯގެ ހަގީގަތް ހާމަކޮށްފައެވެ. ޕްރިޔަންކާ ބުނީ ނިކްގެ ބޮލުން ފެންނަ ލިޕްސްޓިކްގެ ނިޝާންއަކީ އޭނާގެ ލިޕްސްޓިކްގެ ނިޝާން ކަމަށެވެ. 

ޕްރިޔަންކާއަށް މިހާރު 38 އަހަރު ފުރިފައިވާއިރު ނިކްގެ އުމުރަކީ 28 އަހަރެވެ. އެހެންކަމުން އެދެމީހުން ކައިވެނި ކުރެވުމާއިއެކުވެސް އުމުރުގެ ތަފާތު ބޮޑުކަމުން ޕްރިޔަންކާއަށް ވަނީ ވަރަަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ނިކް އަށް ވުރެ 10 އަހަރު ޕްރިޔަންކާ އުމުރުން ދޮށީވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކީ ނަމަވެސް ލޯބިވާ ދެމީހެއް އުފަލުގައި އުޅުމަށް އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން އެ ދެމީހުން ދަނީ ދުނިޔެއަށް ދައްކަމުންނެވެ.

69%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް