ads
ގައްޒާގެ އިމާރާތްތަކެއް ބިމާ ހަމަވެފައި
ގަޒާ އާރާސްތުކުރަން ލިބޭ ފަންޑު ހަމާސްއިން ބޭނުން ނުކުރާނެ ކަމަށް ބުނެފި
ގަޒާ އާރާސްތުކުރުމަށް ގައުމުތަކުން ދޭ އެހީގެ ބޭނުން ހަމާސްއިން ނުކުރާނެ ކަމަށް ހަމާސްއިން ބުނެފިއެވެ.

11 ދުވަހުގެ ހަމަލާތަކަކަށް ފަހު އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލާފައިވަނީ މިސްރު މެދުވެރިކޮށް ހަމަލާދިނުން ހުއްޓާލުމަށް އިސްރާއީލަށް ހުށަހެޅި އެއްބަސްވުން އެއްވެސް ޝަރުތަކާއި ނުލާ އިސްރާއިލުން ގަބޫލުކުރުމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ޕޮލިޓިކަލް ވިންގްގެ ހެޑް ޔަހްޔާ ސިންވާރު ވަނީ ގަޒާއަށް ލިބޭ ބައިނަލްއަގްވާމީ އެހީތައް އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ބަހަން ޖެހޭ ކަން ހާމަކޮށްފައެވެ.

ސިންވާރު އިތުރަށް ވިދާޅުވީ ގަޒާ އާރާސްތުކުރުމަށް އެހީވުމަށް އެއްވެސް ގައުމަކުން އެދޭ ނަމަ އެކަމަށް ހަމާސްއިން މަރުހަބާ ކިޔާނެ ކަމަށާއި އެގޮތަށް ހިލޭ އެހީގެ ދަށުން ލިބޭ ފައިސާގެ ބޭނުން ހަމާސްއިން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ހަމާސްއިން މިހެން ބުނެފައިމިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ފަލަސްތީނަށް އެހީވާން ބޭނުންވާ ކަމަށާއި ނަމަވެސް އޭގެ ފައިދާ ކުރާނީ ރައްޔިތުންނަށްތޯ ހަމާސްއަށްތޯ ސުވާލު އުފެއްދިތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދުން ވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރޭގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތައް އީދު ދުވަހު ވެސް ކުރިއަށް ދިޔައެވެ. 

އިޒްރޭލުން ފަލަސްތީނަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 232 މީހުން ޝަހީދުވެފަވާއިރު އޭގެތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ. ހަމަލާތަކުގައި އިޒްރޭލުގެ 12 މީހުން މަރުވިއިރު އޭގެތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނެވެ. އިޒްރާއީލުގެ ރަހުމެއް ނެތް ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޒަހަމުވެ، އެތައް ބައެއްގެ ގެދޮރު ނެތި ގޮސް، މަގުމަތިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް