ads
ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްގެ އަގު 30އިންސައްތައަށް ދަށްކޮށްފި
އިންޓަނެޓުގެ އެންމެ ހެެޔޮ އަގެއްގެ ގޮތުން ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްގެ އަގު 30އިންސައްތައަށް ދަށްކޮށްފި އެވެ
Advertisement

އިންޓަނެޓުގެ އަަގަށް ގެެނެވުނު މިބަދަލާއިއެކު ޑޭޓާ އެލަވަންސާއި ސްޕީޑް އަދި ތްރޮޓަލް ސްޕީޑް ދަށް ނުވާނެ ގޮތަށް ތިން ޕެކޭޖްއެއް ތައާރަފް ކުރެވިގެން ދާނެއެވެ. މި ބަދަލުތަކުގެ ފައިދާ ލިބޭނީ އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. 

ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލުތައް:

  • 250 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 5 އެމްބީޕީއެސްގެ ސްޕީޑްލިބޭ 30 ޖީބީ ޕެކޭޖެއް
  • 500 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 15 އެމްބީޕީއެސްގެ ސްޕީޑްލިބޭ 100 ޖީބީ ޕެކޭޖެއް
  • 700 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 25 އެމްބީޕީއެސްގެ ސްޕީޑްލިބޭ 200 ޖީބީ ޕެކޭޖެއް

މީގެ އިތުރުން މޯބައިލް ޑޭޓާ ޕެކޭޖްތަކުގައި ލިބޭ ޑޭޓާ އެލަވަންސްގެ މިންވަރަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެންނަން ކަނޑައަޅާފައެވެ. އެގޮތުން ޕްރިޕެއިޑް ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ހައިޔާ ޑޭޓާ އެލަވަންސްގެ އިތުރުން މޯބައިލް ބްރޯޑްބޭންޑް ޕެކޭޖްތަކުގައި ލިބޭ އެލަވަންސް އެންމެ މަދުވެގެން 20އިންސައްތައިގެ ނިސްބަތުން ވަނީ އިތުރުކުރަންވެސް ކަނޑައަޅާފައެވެ. 

ނެޓްހެޔޮގެ ދަށުން ރެޒިޑެންޝަލް ބްރޯޑްބޭންޑްގެ އަަގާއި، ހިދުމަތައް ގެނެވިފައިވާ ބަދަލުތައް ތަންފީޒުކުރެވިގެންދާނީ 1 ޖުލައި 2021 ގައެވެ. އަދި މޯބައިލް ބްރޯޑް ބޭންޑް ޑޭޓާ އެލަވަންސްގެ އަަގާއި، ހިދުމަތައް ގެނެވިފައިވާ ބަދަލުތައް ތަންފީޒުކުރެވިގެންދާނީ 1 އޮކްޓޫބަރު 2021 ގައެވެ.

ސަރުކާރުން މިއަދު އިއުލާންކޮށްފައިވާ ގޮތަށް އިންޓަނެޓުގެ އަގުތައް ހެޔޮވެ ހިދުމަތް ބަދަލުވެގެންދާނީ ދެ ފޭޒް އަކަށް ބަހާލައިގެންނެވެ. 

ފުރަތަމަ ފޭޒްގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކުން ދެ ސަވިސް ޕްރޮވައިޑަރުން( ދިރާގު އަދި އޫރިދޫ) ވެސް ޖުލައި މަހު އަގުތައް 28 އިންސައްތައާއި 30 އިންސައްތައަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ. އަދި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ދެވަނަ ފޭޒްގައި، އޮކްޓޯބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެނެއިރު، މޯބައިލް ބްރޯޑްބޭންޑް ޕެކެޖްތަކުން މިހާރު ލިބޭ ޑޭޓާ އެލަވަންސް 20އިންދސައްތައާއި 100 އިންސައްތައަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ދެފޭޒްއަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60 އިންސައްތަ އާއި 70 އިންސައްތަ އަގުހެޔޮ ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދު ނުފުއްދި ގިނަ ދުވަސްވުމާ ގުޅިގެން ގިނަ ބަޔައްގެ ފާޑުކިޔުންތައް އިތުރުވަމުން ދިޔުމުން އިންޓަނެޓަށް ހެޔޮ ބަދަލުތަކެއް ގެނެސް އިއުލާންކު މިކުރީ މިއަދު މިކަމަށް ހާއްސަކޮށް ބޭއްވި އިވެންޓެއްގެ ތެެރެއިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް