ads
މައްޗަންގޯޅި މއ.މޯނިންވިއުގަ ހިނގި އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގައި 32 ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލިފައިވޭ
މިއަދު ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ކުޑަކުދިން ހިމެނޭހެން 32 ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު އޮތޯރަޓީ(އެންޑީއެމްއޭ)އިން ބުނެފި އެވެ.

މއ.މޯނިންވިއުގައި ހިނގި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:00 ހާއިރުއެވެ. މި އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެންޑީއެމްއޭއިން ބުނީ، އެދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަވިސްއިން އަލިފާންގަނޑު ނިއްވާލެވުނު އެއިމާރާތައް ބޮޑެތި ގެެއްލުންތަކެއްވެ 32 މީހެއްގެ ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށެވެެ. 

އަލިފާން ރޯވި މޯނިންވިއު ގެއަކީ ޑެކް އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި އިމާރާތެކެވެ. އެއްގޯތީގައި ދެއިމާރާތެއް ހުންނަ އެގޭގައި އަލިފާން ރޯވެފައިވަނީ މިދެއިމާރާތުގެ ތެރެއިން ހުޅަނގަށް ހުރި ތިން ބުރީގެ އިމާރާތުގައެވެ. 

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ ގިޔާޒުއްދީން ސްކޫލުގައި އެވަކުއޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. ހާދިސާ ހިނގުމާއިއެކު މޯނިން ވިއު ގޭގެ ދެ އިމާރާތުގައި ދިރިއުޅޭ 56 ފަރާތެއް އެވަކުއޭޝަން ސެންޓަރަށް ގެންދެވިފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 17 ކުޑަކުދިން ހިމެނޭކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

އެންޑީއެމްއޭއިން ބުނީ އިވަކުއޭޝަން ސެންޓަރަށް ގެންދުނު ފަރާތްތަކަށް ބޭނުންވާ ކެއިން ބުއިމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި ކަމަށާއި އެމްއެންޑީއެފްގެ ފަރާތުން އަލިފާން ކޮންޓްރޯލުކޮށް ސީން ކްލިއާ ކުރުމަށް ފަހު މޯނިންވިއު ގޭގެ އިރުމަތި ފަރާތު އިމާރާތުގައި ދިރިއުޅުނު ފަރާތްތަކަށް އަބުރާ ގެއަށް ވަދެވޭނެ ކަމަށް ހުއްދަދިނުމުން އެއިމާރާތުގައި އުޅޭ އާއިލާތައް މިހާރު ވަނީ އަނބުރާ ގެޔަށް ބަދަލުކުރެވިފައި ކަމަށެވެ. 

އިނީޝިއަލް އެސެސްމަންޓުން ދައްކާގޮތުން މޯނިން ވިއު ގޭގެ ހުޅަނގު ފަރާތު އިމާރާތްވަނީ ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައެވެ. މިއިމާރާތުގައި ދިރިއުޅޭ އުޅެނީ ފަސް އާއިލާއެއްގެ 32 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ކޮވިޑް19 އަށް ފައްސިވެފައިވާ މީހުން ކަމައްވާތީ މިތިން މީހުން ފެސިލިޓީއަށް ބަދަލުކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވާތީ އެފަރާތްތައް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެފަރާތްތަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ އައްނައުނާއި ތަކެތި ހަމަޖައްސައި ދީފައިއެވެ ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސައިދެވިފައި ވަނީ މާލޭގެ ހަތް ގެސްޓްހައުސް އަކުންނެވެ. 

އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް އާއިލާތަކަށް ފައިސާގެ އެހީތެރިކަން ހަމަޖައްސައިދީފައިވާއިރު، ކޮންމެ މީހަކަށް ކުރިއަށް އޮތް ތިން ދުވަހަށް ކެއިން ބުއިން ހަމަޖައްސުމަށް ދުވާލަކަށް 200ރުފިޔާ އާއި ޒަރޫރީ އަންނައުނު ގަތުމަށް ކޮންމެ މީހަކަށް 1500 ރުފިޔާ އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުން ތަކެތި (ސައިބޯނި، ޝޭންޕޫ އަދި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތީ)ގެ ޕެކެއް ވަނީ ދެވިފަކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

މީގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ތަކެތީގެ ތެރެއިން ކިރާއި ނެޕީ ފަދަ ތަކެތިވެސް ހަމަޖައްސައިދީފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ލިބުނު ގެއްލުމުގެ އެސެސްމަންޓްހެދުމަށް ފަހު ފޯރުކޮށް ދިނުމަށް އެއޮތޯރަޓީން ވަނީ ނިންމާފައެވެ.

މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ އެސެސްމަންޓް އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް އޮތް ހަފުތާގައި ހެދުމަށް ވަނީ ނިންމިފައެވެ. އޭގެ ތެރޭގައި އިމާރާތްތަކަށް ލިބުނު ގެއްލުމާއި ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް