ދެމެހެއްޓެނިވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބީއެމްއެލުން މިއަދު ވަނީ "ބޭންކް ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފަ އެވެ. ބީއެމްއެލުން ބުނީ މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
"ބޭންކް ފަންޑް" ހުޅުވާލާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހު ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބޭންކް ފަންޑާއި ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;