ads
މިނިސްޓަރު އަމީރު
މިއަހަރު ބަޖެޓުން މިހާތަނަށް 10.2 ބިލިއަން ރުފިޔާ ހަރަދުވެފައިވޭ: އަމީރު
ކޮވިޑަށް ހަރަދު ކުރި އަދަދު 3.4 ބިލިއަން ރުފިޔާއަށް
މިއަހަރުގެ މިހާތަނަށް 10.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 2021ވަނަ އަހަރުގެ ދައުލަތުގެ ހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރަށް ބަޖެޓު ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ އިގްތިސޯދު އަވަހަށް ބައުންސް ބޭކް ކުރުމަށް ކަމަށެވެ. 

ވިލުންވެރި އިގްތިސޯދެއް ބިނާކޮށް އިގްސޯދީ ހަރަކާތްތައް ސިންދިފާދުކޮށް ކޮވިޑް-19އިގެ ގެއްލުންތަކުން އަރައިގަތުމަށް ފޯކަސްކޮށްފައިވާ ބަޖެޓަކަށްވާނެ ކަމަށް އަމީރު ވިދާޅުވިއެވެެ.

އަދި އެބަޖެޓު ތަންފީޒުކުރެވެމުންދާގޮތަށް ބަލާއިރު، 20 މޭގެ ނިޔަލަށް 10.2 ބިލައަން ރުފިޔާ ހަރަދުވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެއީ ބަޖެޓުގެ 29.2 އިންސައްތަ އެވެ. 

"ބަޖެޓުން ކެޕިޓަލް މަޝްރޫއުތައް ތަންފީޒުވަމުން އަންނަނީ އަޅުގަނޑުމެން އުންމީދުކުރާ މިންވަރަށްވުރެ، ލުއި ދުވެއްޔެއްގައިކަން ފާހަގަކުރަން. އެއީ މިހާރު ކުޑަކޮށް މަޑުޖައްސާލާފައިވުމާއިއެކު" އަމީރު ވިދާޅުވިއެވެެ.

މިއަހަރުގެ މިހާތަނަށް 7.1 ބިލިއަން ރުފިޔާގެ އާއްމުދަނީއެއް މިހާތަނަށް ލިބިފައިވާ ކަން ފާހަގަކުރަމުން އަމީރު ވިދާޅުވީ، އެއީ ފާސްކޮށްފައިވާ ބަޖެޓުގެ އާއްމުދަނީ އަންދާޒާގެ 33.6 އިންސައްތަ ކަމަށެވެ. 

ކޮވިޑް-19އާއި ގުޅިގެން ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހަރަދުތަކަށް ބަލާއިރު، 3.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސިއްހީ އަދި އިޖްތިމާއީ ދާއިރާގެ ހަރަދުތަކެކެވެ. އެގޮތުން އެކަމަށް 1.7 ބިލައަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް