ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އަމީރު------
މޫޑީސް އިން ނެރުނީ އާ ރިޕޯޓެއް ނޫން: މިނިސްޓަރު އަމީރު
ރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން ދަރަނި އަދާކުރަން ދަތިވާނެކަމަށް ބުނެ މޫޑީސް މޫޑީސް ރޭޓިން އެޖެންސީން އިން މި މަހު ނެރުނު ރިޕޯޓަކީ މާ ކުރިން އެކުލަވާލާފައިވާ އޮތް ރިޕޯޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

މޫޑީސް އިން މި މަހު ޝާއިއުކޮށްފައިވާ މާލީ ރިޕޯޓުގައި ރާއްޖެއަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި ދަރަނި ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގައި ގޮންޖެހުންތައް މެދުވެރިވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައިވެއެވެ. 

މިކަމާ ގުޅިގެން މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރު ރާއްޖޭގެ ޑެފިސިޓް އިން އަރައިގަނެވެމުން އަންނަ ކަމަށާއި އަހަރު ނިމޭ އިރު ޑެފިސިޓް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ދަރަނި ބޮޑުވާނެތީ ރާއްޖެއަށް އިތުރަށް ފަންޑު ހޯދުމުގެ ދަތިތަކެއް ހުރެދާނެ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން މޫޑީސް އިން އެ ނެރުނީކީއެއް އާ ރިޕޯޓެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓަކީ މިދިޔަ އަހަރު ހަދާފަ އޮތް ރިޕޯޓެއް ކަމަށާއި އަދިވެސް ކުރީގަ އޮތް ހާލަތު މެއިންޓެއިން ކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތުގަ އެންމެ ފަހުން މޫޑީސް އިން އެ ނެރުނީކީއެއް އާ ރިޕޯޓެއް ނޫން. އެއީ ކުއާޓަލީ އެމީހުން ހަމަ ނެރެމުންދާ ރިވިއުއެއް. އަލަށް ހެދި، އަލަށް ރިވިއު ހަދާފަ ނެރުނު ރިޕޯޓެއްގެ ވާހަކައެއް ނޫން ތި ދައްކަނީކީ. އެއީ ހަމަ މިދިޔަ އަހަރު އެބޭފުޅުން ހަދާފަ އިން ރިވިއު އިތުރަށް އަދިވެސް އެ މެއިންޓެއިން ކުރާ ވާހަކަ އަސްލު އެ ފާހަގަކުރީ." މިނިސްޓަރު އަމީރު

ރާއްޖެއަށް މޫޑީސްއިން ކުރިން ދިން ރޭޓިން ބަދަލުކުރީ ފާއިތުވި އަހަރުގައެވެ. މޫޑީސް އިން މިފަހަރު ރާއްޖެއަށް ދީފައިވާ ރޭޓިން އަކީ ދަރަނި އަނބުރާ ދެއްކުމުގައި ގޮންޖެހުންތައް މެދުވެރިވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބަލައި ދޭ ރޭޓިންއެކެވެ. މޫޑީސްއިން ފާއިތުވި އަހަރު ރާއްޖެއަށް ދިން ރޭޓިން އެގޮތުގައި ދަމަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނުރައްކާތަކުން ކުރިތިމަވާ މާލީ ގެއްލުންތައް އިތުރުވުން އަދި ފަތުރުވެރިކަން ދަށްވުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް