ޝަހީދު ހުސައިން -- ފޮޓޯ: ރައީސް އޮފީސް
ސީއެސްސީގެ މެންބަރު ކަމުން ޝަހީދު ވަކިކުރުމުގެ މަސައްކަތް ފަށައިފި
16 އޮކްޓޯބަރ 2019 - 09:27:02
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމުން ޝަހީދު މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ މެންބަރު ޝަހީދު މުހައްމަދާ ގުޅޭގޮތުން އޮތް ސިޓީއެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށެވެ.
ޝަހީދުގެ މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލައި މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޝަހީދު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގައިވާ ގޮތުން އެއްވެސް މުއައްސަސާއެއްގެ އިސްވެރިއެއް ނުވަތަ މެންބަރެއް މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހުގެ ކޮމިޓީއަކުން ބަލާނަމަ އެ މައްސަލައެއް މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ސިޓީއަކުން ގެންނަންޖެހެ އެވެ. އަދި އެ މައްސަލައެއް ކޮމިޓީއަކަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ރައީސް އެމައްސަލައެއްގެ މައުލޫމާތު މަޖިލީހުގެ ޖަލްސާގައި ހާމަކުރައްވަން ޖެހެ އެވެ.
ޝަހީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ކޮމިޓީން ގެނައީ ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީން ބެލިބެލުމުން އެނގިފައިވާތީ އެވެ.
ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ސީއެސްސީގެ މެންބަރު ކަމުން ޝަހީދު ވަކިކުރުމުގެ މަސައްކަތް ފެށިއިރު އޭނާ އަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކޮމިޝަންގެ ނައިބް ރައީސް އެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާތީ އެޗްއާރްސީއެމްގެ މެންބަރު ކަމުން މޫސާ އަލީ ކަލޭފާނު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް