އެރިކާ މިހާތަނަށް ލާފައިވާ އެންމެ އަގުބޮޑު ހެދުމަކީ ކަޅުކުލައިގެ ދިގު ހެދުމެކެވެ. ޕޮލިސްޓާ މެޓީރިއަލުން ހަދާފައިވާ އެ ހެދުމުގައި އެރިކާ ވަރަށް ޗާލެވެ.
އެ ހެދުމުގެ އަގަކީ 145،000 އިންޑިއަން ރުޕީސް އެވެ. އެ އަގުބޮޑު ހެދުމުން އެޕަލްގެ އެންމެ ފަހުގެ ފޯނެއް ގަނެލެވޭނެ އެވެ.
އެރިކާ
އެ ހެދުމާ އެކު އެރިކާ ކަންފަތުގައި ލާފައިން އިން އެއްޗާއި އަތުގައި އޮތް ޕާހުން ވެސް އަގުބޮޑު އެތައް ތަކެތި ގަނެވޭނެ އެވެ.
އެރިކާ ބެލުން ތެރިންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ ކަސޯޓީ ޒިންދަގީކީގެ ސީޒަން ދޭކުން ޕްރޭނާގެ ރޯލުންނެވެ. އޭނާ ވަނީ ޕްރޭނާގެ ރޯލުން ކުޅެގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފަ އެވެ.